އިންޑިއާ ގުޖުރާތުގައި 2019 ވަނަ އަހަރު އޮތް ކެމްޕެއިން ރެލީއެއްގައި "ހުރިހާ ވަގުންގެ ފަހުނަމަކަށް މޯދީ ކިޔަކީ ކީއްވެތޯ" އައްސަވާ "މޯދީއަށް ވަގަށް ގޮވި ކަމަށް" ދޭހަވާ މޭރުމުން ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާނދީ ވާހަކަ ދެއްކެވި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ މައްސަލަ އިސްތިއުނާފު ކުރުމުން ސްޓޭޓެ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
އަބުރާ ބެހުނު މައްސަލައިގައި ރާހޫލް 2 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާ އިރު، ކަފާލާތުގެ ދަށުން އޭނާ ހުންނެވީ ގޭގައެވެ. ނަމަވެސް ހުކުމް ދެމި އޮތުމުން، އޭނާ ތަމްސީލު ކުރެއްވި މަޖިލީހުގެ ގޮނޑި ވަނީ ގެއްލިފައެވެ.
ސްޓޭޓް ހައިކޯޓުން މިއަދު އޭނާގެ އިސްއުނާފް މައްސަލަ ބޭރު ކޮށްލުމުން އަންނަ އަހަރު އޮންނަ މަޖިލީސް އިންތިހާބު [ލޮކްޝަބާ" އާއި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރާހޫލް ކުރައްވާ މަސައްކަތަށް އިތުރަށް ހުރަސް އެޅުނީއެވެ.
އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ރާހޫލަށް ދެން އޮންނާނީ 2 ފުރުސަތެވެ. އެއީ ބޮޑު ބެންޗެއް [ގިނަ ފަނޑިޔާރުން ހިމެނޭ ބެންޗެއް] ހިމެނޭ ގުރުތާތުގެ ހައިކޯޓަށް މައްސަލަ ގެއްދެވުމާއި ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުގެ ފުރުސަތެވެ. އެ ދެމަރުހަލާއިން ވެސް ނާކާމިޔާބުވެ ވަޑައިގެންފި ނަމަ އަންނަ އަހަރުގެ އިންތިހާބުގައި އޭނާއަށް ވާދައެއް ނުކުރެއްވޭނެއެވެ.
ރާހޫލް ކުށްވެރިވެ ހުކުމް ކުރީ ގާނުނު ހަދާ މަޖިލީހުގައި ހިމެނޭ ފަހު ނަމަކަށް 'މޯދީ' ކިޔާ މެންބަރަކު ރާހޫލް އާ ދެކޮޅަށް ކުރި ދައުވާ މިދިޔަ މާޗްމަހު ސާބިތުވުމުންނެވެ. ގުރުރާތުގައި ފަހު ނަމަކަށް "މޯދީ" ކިޔާ މީހުން ވަރަށް ގިނައެވެ.
"މޯދީ ކިޔާ މީހުންނަކީ ވަގުން" ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކެވުމަށް ފަހު ރާހޫލް 3 މިސާލެއްވެސް ދެއްވިއެވެ. އެއް މިސާލުގައި ވިދާޅުވީ، ގައުމަށް ޣައްދާރުވި ޑައިމަންޑްގެ ވިޔަފާރި ކުރާ މަހުޖަނުގެ ފަހަތުނަމަށާއި، އިންޑިއާގެ ކްރިކެޓް ލީގް [އައިޕިއެލް] އިން ބޭރު ކޮށްލި ވެރިޔާގެ ފަހަތު ނަމާއި އިންޑިއާގެ ބޮޑުވަޒީރުގެ ފަހަތު ނަމަކީވެސް "މޯދީ" ކަމަށެވެ.
ރާހޫލް އަކީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިދިކޮޅު ކެންޑިޑޭޓެވެ. ރާއްޖެ އޮންނަ ގޮތަށް އިންޑިއާގައި ވެސް މައިގަނޑު ދެޕާޓީއަކީ ބީޖޭޕީ އާއި ކޮންގްރެސް އެވެ. ދާދިފަހުން އިންޑިއާގެ ބައިބޯ ކަރްނާޓަކާގައި ބޭއްވި ލޯކަލް އިންރިހާބުގެ މެޖޯރިޓީ ހޯދާފައި ވަނީ ކޮންގްރެސްއެވެ. ކުރިއަށް މަދްޔަ ޕްރަދޭޝް އާއި އެންމެ ބައިބޯ ޔޫޕީގެ އިންތިހާބު އޮތް އިތު، ހިޔާލު ހޯދުމުގެ ވޯޓުތަކުން މިވަގުތަށް ދައްކަނީ އެ ދެ ސްޓޭޓު ކާމިޔާބު ކުރާނީ ބީޖޭޕީ ކަމަށެވެ. ނަމަވެސް ދާދި ފަހުން މަދްޔަ ޕްރަދޭޝްގައި ފޯރާ މީހަކު އެ ސިޓީގެ ބައިމަރު ދަލީތް ދަރިކޮޅުގެ ނިކަމެއްޗެއްގެ ގަޔަށް ހީސްލި މައްސަލަ ހޫނުވެފައި ވާ އިރު އެއީ ބީޖޭޕީގެ މެންބަރެއް ކަމަށް ބުނެ ދައުރުވާ ހަބަރުތަކުން ބީޖޭޕީއާ މެދު އެތައްބަޔަކު ވަނީ ހިތްހަމަ ނުޖެހިފައެވެ.
ބައިމަދު އެކިއެކި ދަތިކޮޅުތަކަށް ނިސްބަތްވާ އެތައް މިލިއަން މީހުން އިންޑިއާގައި އުޅޭ އިރު އެއީ ވޯޓުލެވޭ އާބާދީގެ 8 ޕަސެންޓެވެ.
ރާހޫލް އަށް އިސްތިއުނާފު ލިބިވަޑައިނުގެންފި ނަމަ ކުރިއަށް އޮތް 8 އަހަރު ވާންދެއް އެއްވެސް އިންތިހާބެއްގައި އޭނާ އަށް ވާދައެއް ނުކުރެއްވޭނެއެވެ.