މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މަރުވި ހައްޖުވެރިއަކީ 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން ކަމަށެވެ. އޭނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ރާއްޖެ ގަޑިން 18:17 ގައއި ކމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި އަހަރު ހައްޖަށް ދިޔަ އިތުރު މީހަކު ވެސް ވަނީ ނިޔާވެފައެވެ. އެއީ ހައްޖަށް ދިޔަ މީހުންގެ ތެރެއިން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެއްލިގެން އުޅުނު މީހެކެވެ.

އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް މިނާއިން ގެއްލުނު އުމުރުން 72 އަހަރުގެ ރ. މާކުރަތު، މުހައްމަދު ނަސީމް އަލީ، ނިޔާވި ކަން ޔާގީން ވީ، އޭނާ އޮތް ހޮސްޕިޓަލުން ހައްޖު ޖަމާއަތަށް ގުޅާ އެންގުމުން އެ ޖަމާއަތުން ގޮސް އެއީ ނަސީމްކަން ޔަގީން ކުރުމުންނެވެ.