ހުޅުމާލެ ފޭސް 2 ފަރުކޮޅުފުއްޓާ ދިމާލު ބޭރު މޫދުން މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 10:00 ހުޅުމާލެ ފޭސް 2ގެ ފަރުކޮޅުފުއްޓާ ދިމާ ބޭރު މޫދު ސަރަހައްދުގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިޔަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއްހާއިރު ކަމަށެވެ.

މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، "ސިފްކޯ" އިން ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ތަފާތު ހަފްލާތަކާއި އެކި އެކި މުނާސަބާތައް ފާހަގަކުރުމަށް ހަވާ އަރުވާފައެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައިވާއިރު އޭގެތެރޭގައި ކައިވެނި ހަފްލާތަކާ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޝޯތައް ވެސް ހިމެނެއެވެ. މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ގިނަ ރަށްތަކެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވެއެވެ.