ގއ. ވިލިނގިލިން މިދިޔަ ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ރަތްވިލާ އާގެ އައްސަދު އަހްމަދު ފެނިފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
'ދަ ޕްރެސް' އަށް މައުލޫމަތު ދެމުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ މީހަ ރޭގެ މެންދަމުގެ ވަގުތެއްގައި އެބުރި ގެއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން އަދި އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ރަށުން 'ދަ ޕްރެސް' އަށް މައުލޫމާތު ދިން މީހަކު ބުނީ އައްސަދު 'ފިލާ' ހުރީ އޭނާގެ ބޭބެއެއްގެ ގޭގައި ކަމަށާ އެ ގެއަކީ މިހާރު މީހުން ދިރިނޫޅޭ ގެއެއް ކަމަށެވެ. އަދި އޭނާ ފިލާފައިވަނީ އާއިލީ މައްސަލައެއްގައި ކަމަށެވެ.
އައްސަދު އަކީ އެ ރަށުގައި ބިދޭސީންތަކެއް ގޮވައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ.