ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް، އެ އެކްސިޑެންޓްގެ މަންޒަރު ދުއް މީހަކު ހުރިތޯ ބެލުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓަކީ ޖޫން 7، 2023 ވަނަ ދުވަހުގެ 14:54 އެހާކަންހާއިރު ހިނގި އެކްސިޑެންޓެއް ކަމަށެވެ. އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓަކީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ހަތަރު ލޭން ސަރަހައްދު ނުވަތަ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު އެކާރު ފަހަތުން އޯވަރޓޭކް ކުރި ވޭނެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ.

މި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން 19 އަހަރުގެ އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވަނީ ހައިވޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުއް އެއްވެސް ފަރާތެއް ވާނަމަ ނުވަތަ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.