ދީނީ ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރޭގައި ހިންދޫންގެ އަންހެން ވެރިން ހިފާ، ދީން ބަދަލުކުރުވާ އައިސިސްއަށް ވައްދާ ކަމުގެ ތުހުމަތުގެ މައްޗަށް ކުޅެފައި އޮތް ކެރަލާ ސްޓޯރީ ބަލަން ބީޖޭޕީ އެމްޕީއަކު ގޮވައިގެން ދިޔަ އަންހެން މީހާ ފިލައިފިއެވެ.
ބީޖޭޕީ އެމްޕީ ޕްރަގްޔާ ސިންގް ޓާކޫރު، އުމުރުން 19 އަހަރުގެ އަންހެން މީހާ ގޮވައިގެން ދިޔައީ، އޭނާ އުމުުރުން 27 އަހަރުގެ މުސްލިމް ފިރިހެނަކާ ހިތާވެގެން އުޅޭތީ އެކަން ހުއްޓުވުމަށް ނަސޭހަތް ދޭށާ އެކުގައެވެ.
ނަމަވެސް ފިލްމު ބަލަން އިނދެފައި ނުކުމެ ފިލައިގެން އެ މައްސަލަ އޭނާގެ އާއިލާގެ ފަރާތުން ވަނީ ފުލުހުގައި ރިޕޯޓު ކޮށްފައެވެ. އަންހެން މީހާ އަކީ ހިންދޫ އެކެވެ. ހިތާވެގެން އުޅެނީ މުސްލިމަކާއެވެ. އެ ދެމީހުންގެ ދެ އާއިލާއިންވެސް އެ ގުޅުމާ މެދު ނުރުހޭ އިރު، އަންހެން މީހާ ފިލީ ލޯބިވެރިޔާ އާ އެކު ކަމަށް އަންހެން މީހާގެ އާއިޅާއިން ތުހުމަތު ކުރެއެވެ. ނަމަވެސް އެ މައްސަލަގައި ފިރިހެން މީހާގެ އާއިލާއިން ބުނީ، އެފަދަ ގުޅުމަކަށް އެއައިލާއިން މަރުހަބާ ނުކިޔާނެ ކަަމަށާއި އެގެއަށް އަންހެން މީހާ ނުދާ ކަމަށެވެ.
އަންހެން މީހާގެ އާއިލާއިން ފުލުހުގައި ރިޕޯޓް ކޮށްފައި ވާ ގޮތުން އަންހެން މީހާ ފިލައިގެން ދިޔުމުގެ ކުރިން ފިލްމަށް ގޮސް ގެއަށް އައި ކަމަށާއި އޭގެ ފަހުން ދަމުން 70،000 ރުޕީސް އާއި ގަހަނާ ހިފައިގެން ދިޔައީ ގެވެސް ބޭރުން ތަޅުލާފައި ކަމަށް ބުނެއެވެ.
މީގެ ކުދިންވެސް މިފަދަ ބައެއް ހާދިސާތައް ހިނގާފައި ވާ އިރު އެފަދަ އެއް ހާދިސާއެއްގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އަންހެނަކި އެގޮތަށް ފިލައިގެން ދިޔަ ކަމަށާއި ނަމަވެސް އޭނާ އެކަން ކުރީ ލޯބިވާ މީހާ އާ ކައިވެނި ކުރަން ކަމަަށް ފަހުން ބުނެފައި ވާ ކަމަށެވެ. އެހެންކަމުން މިފަހަރު މި ފިލި 19 އަހަރުގެ އަންހެން މީހާގެ ކޭސްވެސް ރަޖިސްޓާ ކުރާނެ ކަމަށާއި ފަހުން ބުނާއެއްޗެއް ބަލަން ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާ ހިތާވެގެން އުޅޭ 27 އަހަރުގެ މީހާ އަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ނުލަފާކަމުން އޭނާގެ ބައްޕަ ވަނީ އެއީ ދަރިއެއް ނޫން ކަމަށް ނިންމާ ކޯޓުމެދުވެރިކޮށް އާއިލާއިން ބޭރުވެސް ކޮށްފައެވެ.
ނަމަވެސް އޭނާ އާއެކު ދިޔަކަން ޔަގީން ނުވާއިރު، ބީޖޭޕީ އެމްޕީ އާއެކު ފިލްމު ބަލަން ދިޔަތޯ ސުވާލު އުފެދޭ ކަމަށްވެސް ބުނެފައި ވެއެވެ.
ހަބަރުތައް ބުނާ ގޮތުން އަންހެން މީހާ ފިލީ، އެ ދެމީހުންގެ ގުޅުމާ މެދު ދެ އާއިލާއިން ހިތްހަމަ ނުޖެހި އެހެން މީހަކާ އަންހެން މީހާ ދެވަން އާއިލާއިން މަސައްކަތް ކުރަމުން ދަނިކޮށެވެ.