މެކްސިކޯގެ ކޯލް ސެންޓަރަކުން މުވައްޒަފުން ތަކެއް ގެއްލިގެން ހޯދަމުން ދާތާ ހަފްތާއެއް ފަހުން، ކޮތަޅުތަކަކަށް އަަޅާ އުކާލާފައި ހުރި އިންސާނުންގެ ހަށިގަނޑުތަކެއް ފެނިއްޖެއެވެ. ކުދިކޮށް ކޮށާ 5 ކޮތަޅަކަށް އަލާފައި ހުއްތާ ފެނުނު ހަށިގަނޑުތައް ދެނެގަތުމަށް ޓެސްޓްތައް ހަދާފައި ވާއިރު އޮފިޝަލުން ތުހުމަތު ކުރަނީ އެއީ ކޯލް ސެންޓަރުން ގެއްލުނު 8 މީހުންގެ ހަށިގަނޑު ކަމަށެވެ. އަދި އެ ތުހުމަތުގައި އޮފިޝަލުން އިނގިލި ދިއްކުރަނީ، ނުލަފާ ޖަލިސްކޯ ނިއު ޖެނެރޭޝަން (ސީޖޭއެންޖީ) ކާޓެއް އަށެވެ.

އެމީހުން މަސައްކަތް ކުރަމުން ދިޔަ ކޯލް ސެންޓަރަކީ، އެމެރިކާގެ ޓޫރިސްޓުން ވަގަށް ނަގާ ފައިސާ އަތުލުމުގައި މޫނު މައްޗައް ދައްކާފައި ހުންނަ ކޯލް ސެންޓަރެއް ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އެމީހުން މަރާލީ، ސީޖޭއެންޖީ ގެ މެންބަރުންނަށް މަކަރެއް ހެދުމުގެ ސަބަބުން ކަމެއް ނުވަތަ އިދިކޮޅު ގޭންގަކުން ކަމެއް ވެސް އަދި ސާފުނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.

މަރާލާފައި ކޮތަޅުތަކަށް އަޅާފައި ތިބި މީހުން ފެނުނީ، މީހުން އާންމުކޮށް ގޮސް ނޫޅޭ ހިސާބެއްގެ މަގުގެ އަރިމަތީގައި އޮތް އަޑިގަނޑަކަށެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން ޖުމްލަ 56 ކޮތަޅު ވަނީ ފެނިފައެވެ.

މެކްސިކޯގެ ޖަލިސްކޯ ސްޓޭޓް ސަރުކާރުން ބުނާ ގޮތުގައި އެއީ ކޯލް ސެންޓަރުގައި މަސައްކަތް ކުރި މީހުންނެވެ. އެމީހުން ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ ހުސްވި މަހުގެ 20 އާއި 31 އާ ދެމެދު ކަމަށާއި އެއީ ފިރިހެނަކާއި 2 އަންހެނުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެއީ އުމުރުން 23 އަހަރާއި 37 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.