އައްޑޫ ސިޓީއަށް ލިބެމުން އަންނަ ކުރިއެރުމާ ތަރައްގީއަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުންތައް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްއަށް ހެޔޮބަދަލެއް ގެނައުމަށް ކުރަންޖެހޭ ކަންކަންނިންމައި ވަރަށް އަވަހަށް ސަރުކާރުން އެބަދަލުތައް އިއުލާނުކުރާނެ ކަންވެސް ހާމަކުރައްވާފައެވެ.
ކުރިޔަށް އޮތްތަނުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަން ކަމަށާއި ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެ މަސައްކަތް އޮންނާނީ ނިމިފައިކަން ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އައްޑޫ ސިޓީގެ ތަރައްގީއަށް މިހާރު ކުރިއަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން ހުށަހަޅާފައިވާކަންތައްކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫއުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާ ކަމަށާއި އެ ހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ދެން ނުހުންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރުގައި އެންމެ އިސްކަމެއްދެއްވީ ގައުމުގައި ހަމަޖެހެން ގާއިމުކުރުމަށް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ އެކަމަށް ކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށާއި ދެ ޖިންސްގެ ހަމަހަމަކަން ގާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ކުރިއަށް އޮތް ތަނުގައި އިސްކަން ދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ތަފާތުކުރުމެއްނެތި ރަށްރަށަށް ކަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވީ ތެދެއް ނޫންކަން ވ ރަނގަޅަށް ހާމަވެއްޖެ. ކަންކަން ކޮށްދިނުމުގައި ހަމަހަަމަކަން ނެތްކަން ވ ރަނގަޅަށް ސާބިތުވެއްޖެ.