މިދިޔަ ފެބްރުއަރީ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ސްޓްރީމްކުރި "ދަ ނައިޓް މެނޭޖާ" ގެ ދެވަނަ ބައި މި މަހު 30 ގައި ސްޓްރީމްކުރަން ނިންމައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރު، އަދިތްޔާ ރޯއީ ކަޕޫރު އަދި ސޮބީތާ ދުލިޕާލާ ލީޑު ރޯލުން ފެނިގެންދާ މި ޑްރާމާ އަށް ގިނަ ބައެއްގެ ތަރުހީބެއް ވަނީ ލިބިފައެވެ. ސަންދީޕް މޯދީ އާއި ޕްރިޔަންކާ ގޯސް ޑައިރެކްޓްކޮށް ގެނެސްދިން މި ސީރީޒް އަކީ ތްރިލާ ޖޯންރާ އަށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ. މި ސީރީޒަކީ އިނގިރޭސި ސީރީޒް "ދަ ނައިޓް މެނޭޖާ" ގެ އަސްލަކަށް ބިނާކޮށް އުފައްދާފައިވާ ހިންދީ ވާޝަނެކެވެ. ބީބީސީން ވަން އިން 2016 ގެނެސްދިން މި ސީރީޒަށް ވަނީ އޭރު ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ސީރީޒްގެ ފުރަތަމަ ބައިގައި ހަތަރު އެޕިސޯޑް ހިމެނިފައިވާއިރު ދެވަނަ ބައިގައި ޖުމްލަ ހަ އެޕިސޯޑް ހިމެނޭނެ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ. ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދިތްޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ގުމްރާހް" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ކްރިޓީކުން ވެސް ތާއީދު ލިބިގެން ދިޔައެވެ.

އެކްޓަރު އަނިލް ކަޕޫރު ވަނީ ނިމިދިޔަ އައިފާ ފިލްމު އެވޯޑް ހަފްލާ ގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ރޯލު ފިލްމު "ޖުގް ޖުގް ޖިއޯ" އިން ހާސިލްކޮށްފައެވެ. އޭނާ ވެސް އެންމެ ފަހުން ފެނިގެންދިޔައީ އަދިތްޔާ އާއެކު ފިލްމު "ގުމްރާހް" އިންނެވެ.