ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގްބޫލު ޑްރާމާ ސިލްސިލާ "އަނުޕަމާ" ގެ އެންމެ ފަހުގެ އެޕިސޯޑުތައް ވަރަށް ޝައުގުވެރިއެވެ.
ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކިބައިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ. ނަމަވެސް ނިމިދިޔަ އެޕިސޯޑުތަކުގައި އަނުޖް، އަނުޕަމާ ދޫކޮށް މާޔާ އާއެކު ދިރިއުޅެން ފަށައެވެ. މި ޑްރާމާގެ ބޮޑެތި މައްސަލަތައް ދިމާވާން ފެށީ އަނުޕަމާ އާއި އަނުޖްގެ ކައިވެންޏަށް އަނޫ ކިޔާ ކުއްޖަކު ފޮސްޓާކޮށްގެން އުޅުމުގެ ތެރޭގައި އަނޫގެ އަސްލު މަންމަ މާޔާ އޭނާގެ ދަރިފުޅު ބަލައި އަންނަ ހިސާބުންނެވެ. މާޔާ އަށް އަނުޖް ކަމުގޮސް އަނުޖް ހާސިލްކުރަން އޭނާ މަސައްކަތްކުރެއެވެ.
އަނުޕަމާ ދޫކޮށް އަނުޖް މާޔާ އާއެކު ދިރިއުޅެން ފަށައެވެ. އަނުޕަމާ އާއި ވަންރާޖްގެ ދަރިފުޅު ސަމަރްގެ ކައިވެންޏަށް އަނުޖް އައިސް އަނުޕަމާ އާއި ދިމާވެ ދެމީހުންގެ ޖަޒުބާތުތައް ހުއްޓުވަން އުނދަގޫވެއެވެ. އަނުޕަމާ ދޫކޮށް މާޔާ އާއެކު ދިރިއުޅެން ފެށި އަސްލު ތެދު ހަގީގަތް އަނުޖް، އަނުޕަމާ އަށް ހިއްސާކުރެއެވެ. އެކަން މާޔާ އަށް ހަޖަމެއްނުވިއެވެ.
ވަންރާޖްގެ މިހާރުގެ އަނބިމީހާ ކާވިޔާ ބަލިވެ އިނދެއެވެ. ނަމަވެސް ވަންރާޖްގެ ގެއިން ކާވިޔާ ނުކުމެ އެކަނި ދިރިއުޅެމުން އަންނާތީ ކާވްޔާ ބަނޑުބޮޑު ކަން ވަންރާޖަށް އަދި ހާމައެއްނުކުރެއެވެ. މި ދަރިފުޅު ވެގެންދާނީ ވަންރާޖްގެ ހަތަރު ވަނަ ދަރިއަށެވެ. އަދި ކާވިޔާގެ އަލަތު ދަރިފުޅަށެވެ.
ޑްރާމާގައި ދެން ވާނީ ކިހިނެއް؟
އަނުޕަމާ އާއި އަނުޖް އަލުން ގުޅެއެވެ. އަދި މާޔާގެ ކިބައިން ސަލާމަތްވުމަށް ދެމަފިރިން ގެ ދިރިއުޅުން އެއްކޮށް އެމެރިކާ އަށް ބަދަލުކުރެއެވެ. މާޔާގެ ޖެއްސުން ކުރުން މި ހިސާބުން އަދި ނުނިމޭނެއެވެ. ކާވިޔާ ބަލިވެ އިންކަން މާޔާ އަށް އެނގި ކާވިޔާ އަށް އުނދަގޫ ކުރަން ފަށައެވެ. ބަނޑުގައިވާ ދަރިފުޅަށާއި ކާވިޔާ އަށް އެކި ގޮތްގޮތުން އަނިޔާ ކުރާނެއެވެ. ކާވިޔާ ބަލިވެ އިންކަން ވަންރާޖަށް ފަޅާއަރާނެއެވެ.
“ޔޭ ރިޝްތާ ކިޔާ ކަހެލާތާހޭ" މިހާރު" އަމާޒު ފިސްތޯލަ" އަށް ވެއްޖެ.