ސްޓާޕްލަސް ގެ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި މިހާރު ދައްކަމުން އަންނަ އެޕިސޯޑުތައް ބަލަން ގިނަ ބަޔަކު ތިބެން ޖެހެނީ ނޭވާ ހިފަހައްޓާލައިގެންނެވެ.
ޑްރާމާގައި ބޮޑެތި ސިއްރުތައް ފަޅާއަރަމުންދާ މި ދަނޑިވަޅުގައި އަބީރް އަކީ އަބިމަންޔޫގެ ދަރިއެއްކަން މިހާރުވަނީ އޭނާއަށް އެނގިފައެވެ. ނަމަވެސް އަބީރް އަށް އެކަން ސިއްރުކުރަން އަކްޝަރާ ބޭނުންވެއެވެ. ދަރިފުޅުގެ ކަސްޓަޑީ ހޯދަން ދެމީހުންވެސް މަސައްކަތް ކުރަނިކޮށް އަބީރްގެ ހިތުގެ އޮޕަރޭޝަން ކުއްލިގޮތަކަށް ކުރަންޖެހި ކަސްޓަޑީގެ މައްސަލަ ވަގުތީ ގޮތުން ހުއްޓާލިއެވެ. ސާޖަރީ އަށް ފަހު އަބީރް އެނބުރި ކަސޯލީ އަށް ދިޔުމުން އަބިމަންޔޫވެސް އެމީހުންގެ ފަސްފަހަތުން ދިޔައެވެ.
ރޭގެ އެޕިސޯޑު ނިމިގެން ދިޔައީ އަބީރް އަށް އޭނާގެ އަސްލު ބައްޕަ އަކީ އަބިނަވް ނޫންކަން ފަޅާ އަރާ ހިސާބުންނެވެ. މައުސޫމް އަބީރަށް މި ވާހަކަ އެނގުމުން އޭނާ މުޅިން މާޔޫސްވެ އޭނާގެ ދައްތަ ރޫހީ އާއި އެވާހަކަ ހިއްސާކުރިއެވެ. އަބީރްގެ އަސްލު ބައްޕަ އަކީ ކާކުކަން ހޯދަން އޭނާ މަސައްކަތްކުރެއެވެ. އޭނާ ކުރި މަސައްކަތުން މިހާތަނަށް ކާމިޔާބުވެފައިނުވާއިރު ކުރިއަށް އޮތް އެޕިސޯޑުތަކުގައި އަބީރް، އަބިމަންޔޫގެ ގާތުން އެހީއަށް އެދެނީ އޭނާގެ އަސްލު ބައްޕަ އަކީ އަބިމަންޔޫކަން ނޭނގި ހުރެއެވެ.
ޑްރާމާގައި ދެންވާނީ ކިހިނެއް؟
އަބީރް އަށް އޭނާގެ އަސްލު ބައްޕަ އަކީ އަބިމަންޔޫ ކަން އެނގި ހިތުގައި ފުނި ފުންޏަށް ސުވާލު އުފެދިގެންދާނެއެވެ. އަދި އަކްޝަރާ އެކަން ސިއްރުކުރުމުން އަބީރް އޭނާ ދެކެ ރުޅިއާދެއެވެ. އަބިނަވް އާއި އަކްޝަރާ ދިރިއުޅުން އުދައިޕޫރަށް އެއްކޮށް ބަދަލުކުރެއެވެ. އަދި އަކްޝަރާގެ ބޭބެ ކައިރަވް ހިތުގައި މުސްކާނަށް އޮތް ލޯބި ހާމަވެ، މުސްކާން ހޯދަން މަސައްކަތްކުރާނެއެވެ. ހަމައެއާއެކު އަރޫހީ، އޭނާގެ ދަރިފުޅު ރޫހީ ގާތު އަބީރް ގެ އަސްލު ބައްޕަ އަކީ އަބިމަންޔޫކަން ބުނާނެއެވެ. ނަމަވެސް އެ ސިއްރު ހާމަކުރަން މަންޖަލީ (އަބީމަންޔޫ ގެ މަންމަ) ބޭނުމެއް ނުވެއެވެ.
މީ މުޖުތަމަޢުގެ އެއްޗެއްނޫން މިއިސްތިހާރު ނުކުރިޔަސް ތިނޫސް ހިނގާނެ...އިންޝާﷲ