އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ 52.1 ޕަސެންޓުންނެވެ. މި ނަތީޖާ އާ އެކު ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 600 ގޮނޑީގެ ތެރެއިން 323 ގޮނޑި އުރުދުގާންގެ ކޯލިޝަނަށް ވަނީ ލިބިފައެވެ.

ތުރުކީ އިންތިހާބު އުރުދުގާން ކާމިޔާބު ކުރައްވައިފިއެވެ.

އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ 52.1 ޕަސެންޓުންނެވެ. މި ނަތީޖާ އާ އެކު ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 600 ގޮނޑީގެ ތެރެއިން 323 ގޮނޑި އުރުދުގާންގެ ކޯލިޝަނަށް ވަނީ ލިބިފައެވެ.

މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުން އެއް ފަހަރުން ކާމިޔާކު ކުރެއްވޭ ވަރަށް ވޯޓު ލިބިވަޑައިގެންފައި ނުވުމުން މިއަދު ބޭއްވި ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް ކަމާލް ކިލިކްގަދޮރޫ އާ ވާދަކުރައްވާ މިއަދު އިންތިހާބު ކާމިޔާބު ކުރެއްވީ 52.1 ޕަސެންޓުންނެވެ.

މިއަދު އިންތިހާބު އުރުދުގާން ކާމިޔާބު ކުރައްވާފައި ވާ އިރު އިދިކޮޅު ކެންޑީޑޭޓް ވަނީ 47.9 ޕަސެންޓް ހޯދާފައެވެ.

މިއަދުގެ މި ކާމިޔާބީ އާއެކު ވެރިކަމުގައި ހުންނަވާތާ 20 އަހަރު ފާއިތުވި އުމުރުން 69 އަހަރުގެ އުރުދުގާނަށް 5 އަހަރުގެ އިތުރު ދައުރަކު ލިބިވަޑައިގަތީއެވެ.

މިއަދުގެ އިންތިހާބު އުރުދުގާން އަށް ކާމިޔާބު ވެވަޑައިގަތުމުގައި އިންތިހާބުގެ ފުރަތަމަ ބުރުން 3 ވަނަ ލިބުނު ސިނާން އޮގާންގެ ދައުރު ބޮޑެއެވެ. ފުރަތަމަ ބުރަށް ފަހު އޭނާ ބައިތ ހިފީ ނުވަތަ ބައިވެރިވީ އުރުދުގާން އާއެވެ. އޭނާ އުރުދުގާން އާ ބައިވެރިވި އެއް ސަބަބަކީ، ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާ ބާރުގެ މެޖޯރިޓީ އެއް ބަޔަކަށް އޮތުމަށް ތާއީދު ކުރުމެވެ. މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއެކު އެކީގައި ބޭއްވި މަޖިލީހުގެ އިންތިހާބުން އުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ ވަނީ 600 ގޮނޑީގެ ތެރެއިން 323 ގޮނޑި ހޯދާފައެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އަދި ފަހު ބުރުގައިވެސް އުރުދުގާން ކާމިޔާބު ހޯއްދެވި މުހިންމު ސަރަހައްދު ތަކުގެ ތެރޭގައި ދާދި ފަހުން ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި 50،000 މީހުން މަރުވެގެން ދިޔަ ސަރަހައްދު ހިމެނެއެވެ. އެ ބިންހެލުމާ އެކު ތުރުކީ ސަރުކާރުން އަޅާލުން ކުޑަކަމުގެ ވާހަކަ ދައްކާ އުރުދުގާނަށް ފާޑުކިޔުން އަމާޒު ވި ނަމަވެސް އިންތިހާބުން އެކަމެއް ނުފެނުނެވެ.

އުރުދުގާން އިންތިހާބު ކާމިޔާބު ކުރެއްވުމުން ތުރުކީގައި އުފާފާޅު ކުރުން ކުރިއަށް ދާއިރު، އުރުދުގާންގެ ގަނޑުވަރާ ކައިރީގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ. އަދި ދާދި ދެންމެ 50،000 އެއްހާ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ، އުރުދުގާން ވިދާޅުވީ، މި ކާމިޔާބީން ދައްކައިދެނީ، ތުރިކީ އާ ނުކުޅެވޭނެ ކަން ކަމަށާއި، ދުނިޔޭގެ އެއްވެސް ބާރަކަށް ތުރުކީއަށް ބަސް ބުނެ ނުހެދޭނެކަން ކަމަށެވެ.