ސިއެރަލިއޯންގެ ދިގު ތާރީހާއި، މިނިވަން ކަމާއި އަދި ވަޒަންވެރި ވުމާ ގުޅިފައި ހުރި 400 އަހަރު ވީ ބޮޑު ކަފަގަސް ވެއްޓިއްޖެއެވެ.

ސިއެރަލިއޯންގެ ގައުމިއްތަކާވެސް ގުޅިގައި ހުރި ކަފަގަސް ވެއްޓުނީ އައި މޫސުމީ ގަދަ ވިއްސާރައެއްގައެވެ. 230 ފޫޓު އުހަށް ހެދިފައި ހުރި އެ ކަފަގަހަކީ، މީގެ 400 އަހަރު ކުރިން އެމެރިކާ ދޫކޮށް ފޭބި އެފްރިކާ ދަރިކޮޅުގެ މީހުން ސިއެރަލިއޯންގައި ވަޒަންވެރި ވި އިރު އެންމެ ފުރަތަމަ މަޑުކޮށްލި ނުވަތަ އަރާމު ކޮށްލަން ތިބި ތަނުގައި ހުރި ބިޔަ ބޮޑު ކަފަ ގަހެވެ. އެމީހުން ވަޒަންވެރިވާން ފެށީވެސް އެގަހުގެ ވަށައިގެން އޮތް ސަރަހައްދުގައެވެ. އޭގެ ފަހުން މި ވީ ދިގު މާޒީގައި އެ ގަސް ބެލެވިފައި ވަނީ ސިއެރަލިއޯންގެ ގައުމީ ރަމްޒެއްގެ ގޮތުގައެވެ. އެގައުމުގެ ފައިސާގައިވެސް އެގަސް ކުރަހާފައި އޮވެއެވެ. ސްކޫލުތަކުގައި ކުޑަކުދިންގެ ރީމް (ލަވަތަކުގައި) ވެސް އެގަހުގެ ވާހަކަ ކިޔައި ދެއެވެ.

އަދި 1961 ގައި އިނގިރޭސި އިސްތިއުމާރުގެ ދަށުން ސިއެރަލިއޯން މިނިވަންވި އިރު އެކަން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ބޭއްވުމާއި އެރަސްމިއްޔާތަށް އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 2 ވަޑައިގަތީވެސް އެގަސް ކައިރިއަށެވެ.

ސިއެރަލިއޯން އަކީ މޫސުމީ ގަދަ ވިއްސާރަ އާންމުކޮށް ދިމާވާ ގައުމަކަށް ވާއިރު 2017 ގައި ވެސް 1000 މީހަކު މަރުވެފައި ވެއެވެ.

އަދި ފާއިތުވި ދިގު މާޒީގައި ހޮނު އަޅައިގެން އެ ގައުހުގެ އެއްބައި އަނދައިގެން ދިޔަ އިރުވެސްް ވެއްޓިފައި ނުވާ އިރު މޫސުމީ ވިއްސާރަ އާއެކު މިހާރ އެގަސް ވެއްޓުމުން، އެގައުމުގެ ރައްޔިތުންނަށް ވަނީ މޮޅިވެރިކަމެއް ކުރިމަތިވެފައެވެ. އެގައުމުގެ ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ހިތުގެ "ހިނގުން" ވަގުތު ކޮޅަކަށް ހުއްޓުނު ފަދައެވެ.