ކޮވިޑް- 19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ތިންވަނަ ބުރަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އެ މިނިސްޓްރީ އާއި ވޯލްޑްބޭންކާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ދެވޭ މާލީ އެހީއަށް އެދުމުގެ ފުރުސަތު ޖޫން 30، 2023 ގެ ނިޔަލަށް އިތުރުކޮށްފައިވާކަަމަށެވެ.

މިޕްރޮގްރާމްގެ ތެރެއިން ހުޅުވާލެވިފައިވަނީ ޖުމްލަ 500 ފުރުސަތެވެ. މި ގޮތުން މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށާ) އިލެކްޓްރިކަލް ވަޔަރިންގް ކުރާ ފަރާތްތަކުގެ އިތުރުން އ މެއިންޓަނަންސް ވެލްޑިން އަދި ކާޕެންޓްރީގެ މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދުމުގެ ޝަަރުތުތަކުގެ ތެރޭގައި ސެޕްޓެމްބަރު 30، 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން ހިމެނެއެވެ.