އެކްޓަރު ސައިފް އަލީ ހާންގެ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ހާން ބޮލީވުޑަށް ނުކުންނަ ފިލްމުގެ މަސައްތް ނިމިއްޖެކަމަށް އިބްރާހިމްގެ ދައްތަ، ބަތަލާ ސާރާ އަލީ ހާން ބުނެފިއެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސާރާ ބުނީ އެކްޓަރެއްގެ ގޮތުގައި އިބްރާހިމް ފެނިގެންދާ ފުރަތަމަ ފިލްމުގެ ޝޫޓިން ނިންމާލައިފި ކަމަށާއި އެކަން ގަބޫލު ނުކުރެވޭ ކަމަށެވެ. ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވި ސާރާ، އިބްރާހިމްގެ ފުރަތަމަ ފިލްމާ ގުޅޭގޮތުން މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި އެ ފިލްމު މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެނިގެންދާނެއެވެ.

އިބްރާހިމްގެ ފުރަތަމަ ފިލްމީ މަސައްކަތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ނިންމާފައި ވާއިރު މި ފިލްމަކީ އާލިއާ ބަޓް އާއި ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ.

ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބުނު އިބްރާހިމް އެކްޓަރަކަށް ވުމުގެ ފިޔަވަޅު މަތީ އުޅޭއިރު އޭނާގެ ދައްތަ ސާރާ އަކީ މިއަދު ބޮލީވުޑްގައި އެންމެ ޑިމާންްޑް ބޮޑު އެއް ބަތަލާ އެވެ. ސާރާ ބޮލީވުޑަށް ނުކުތީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ކެދާނަތު" އިންނެވެ. އެ ފިލްމުގައި ސާރާ އާއެކު ހަރަކާތްތެރިވީ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އެވެ.