ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ފުރާ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، މިއީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިހަފްތާ ބަންދުގައި އޮންނަ މި ހަފްލާގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ވަނީ އިނގިރޭސި ވިލާތުން އަރުވާފައެވެ.
ރާއްޖެ އަނބުރާ ވަޑައިގަންނާނެ ވަކި ތާރިހެއް ރައީސް އޮފީހުން އިއުލާން ކޮށްފައި ނުވާއިރު މީގެ ކުރިންވެސް ލިބޭ ދައުވަތު ތަކުގައި ރައީސްގެ ދެ ކަނބަލުން ވަނީ ބައިވެރެވަޑައިގެންފައެވެ.