ޕޯޗްގީޒްގެ ވެރިރަށް ލިސްބަން އާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެއްގައި ރޭސް ޖަހާ ކޮތަރުތަކަކެއްގެ މައްސަލައިގައި އަރާރުން ވާތާ ޒަމާންގަނޑަކަށް ފަހު އެތަނުން އެކަކު 3 މީހަކު މަރާލައި އޭނާވެސް އަމިއްލައަށް މަރުވެއްޖެއެވެ.

ހަބަރުތައް ބުނާގޮތުން މި މީހުން އަރާރުން ވަމުން ދިޔައީ މައިގަނޑު 2 މައްސަލައެއްގައެވެ. އެއް މައްސަލައަކީ ރޭސް ޖަހާ ކޮތަރުތައް ނިންދަވާ ކާންދި ހަދާތަނުގެ މައްސަލައާއި، ހުއްދަ ނެތި ހައްދަމުން ގެންދިޔަ ތަރުކާރީ ދަނޑެއްގެ މައްސަލައެވެ. ނަމަވެސް އެކަމުގައި އެ 4 މީހުންގެ މެދުގައި ދެބަސް ވަނީ ސީދާ ކޮން ކަމަކާ ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ޝަރުއީ ދާއިރާއަށް ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތާ ހަވާލާދީ ނޫސްތަކުން ބުނާގޮތުން އެމީހުންގެ އަރާރުމަކީ ކޮތަރުތަކަށް ކާންދީ ނިންދަވާ ތަނާމެދު އޮތް އަރާރުމެކެވެ.

މި އަރާރުމެއް ހިނގާތާ ގިނަ ދުވަސް ވެފައި ވާ އިރު، އެތަނުން އެކަކު ދެން ތިބި 3 މީހުން މަރާލީ އެމީހުން ރޭސް ޖަހާ ކޮތަރުތައް ހިފައިގެން ގޮސް ރޭހެއްގައި ބައިވެރިވެގެން އުޅެނިކޮށެވެ. އަދި އެމީހުން ގަޔަށް ބަޑިޖެހި މީހާ އޭގެ ފަހުން އަމިއްލައަށް މަރުވެފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

މި ހާދިސާގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން ހާމަ ނުކުރިނަމަވެސް ބަޑިޖެހި މީހާ އަކީ އުމުރުން 66 އަހަރުގެ މީހެއް ކަމަށް ބުނެފައި ވެއެވެ.