ނެދަލޭންޑަށް އުފަން އުމުރުން 41 އަހަރުގެ ޖޮނަތަން ޖޭކޮބް ކިޔާ މީހާކު މަނި [ދަރިފަނި] ހަދިޔާ ކޮށްގެން 550 ކުދިންގެ ބައްޕަ އަކަށް ވީ ފަހުން އެކަން އޭނާއަށް މަނާކޮށް ދެން މަނި ހަދިޔާ ކޮށްފިނަމަ ޖޫރިމަނާ ކުރާނެކަން އަންގައިފިއެވެ.
އޭނާ އަށް އެކަން މަނާކޮށް ނެދަލޭންޑުގެ އިދާރާތަކުން ބުނީ، އެގައުމުގެ ކްލިނިކަކަށް 2017 ވަނަ އަހަރު އެކަނިވެސް 100 ދަރިފަނި އޭނާ ހަދިޔާ ކުރި ކަމަށެވެ. އެހާ ހިސާބުން ފެށިގެން މައްސަލަ ފެންމަތިވެ އޭނާއަށް އެކަން މަނާކޮށް ބުނީ، ދެން މަނި ހަދިޔާ ކޮށްފި ނަމަ 100،000 ޔޫރޯއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
ނަމަވެސް އޭނާ އެކަން ހުއްޓާނުލައި އެކި ގައުމުތަކަށާއި އޮންލައިންކޮށް މަނި ހަދިޔާ ކުރަމުން ގެންދިޔަ ކަމަށްވެސް އިދާރާތަކުން ބުނެއެވެ.
މި މައްސަލައިގައި ދަ ހޭގްގައި ހުންނަ ކޯޓަކުން ވަނީ، އޭނާ މަނި ހަދިޔާ ކޮށްފައި ހުރި ކްލިނިކްތަކުގެ ލިސްޓު ދިނުމަށް އަންގާފައެވެ. އަދި އޭނާމެ މަނި ނައްތާލުމަށް އެ ކްލިނިކްތަކަށް އަންގާނެ ކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.
ޑަޗް ގާނޫނުތައް ބުނާ ގޮތުން އެއްވެސް ފިހެނަކަށް 12 އާއިލާއަކުން 25 ކުދިންނަށް ވުރެ ގިނަ ކުދިންގެ ބައްޕައަކަށް (ޑޯނަރަކަށް) ނުނެވޭނެއެވެ. ނަމަވެސް އޭނާ ވަނީ އަންހެންވެރިންނަށް އޮލުވާލާފައި ކަމަށް ވެސް ބުނެއެވެ. އަދި 2007 އިން ފެށިގެން މިހާތަނަށް އޭނާ ވަނީ 550 އާއި 600 ކުދިންގެ ބައްޕައަކަށް ވެފައި ކަމަށް ރެކޯޑަތަކުން ދައްކާ ކަމަށް ވެސް ބުނެއެވެ.
އޭނާގެ މައްސަލަ ކޯޓުގައި ހިނގި އިރު ފެންމަތިވި ދެވަނަ ކަމަކީ، އޮންލައިން އޯޑަރުތައް ނަގައިގެން އެކި ގައުމުތަކުގެ އެޑްރެސްތަކަށް ވެސް އޭނާގެ މަނި ފޮނުވަމުން ގެންދިޔަ ކަމެވެ. އެއާއެކު ކޯޓުން ވަނީ، ދަރިން ބޭނުންވެފައި ތިބޭ އާއިލާތަކާ ބައްދަލު ކުރުމާއި މަނި ހަދިޔާ ކުރާކަން އިޝްތިހާރު ކުރުންވެސް އޭނާއަށް މަނާކޮށްފައެވެ.
މިކަހަލަ ވާހަކަ ދެއްކުމަކީ ދީން ހުއްދަކުރާ ކަނެއްނޫން