ޕާކިސްތާނާއި އީރާން ގުޅޭ އިމުގައި ހިނގި ކުރިމަތިލުމެއްގައި އީރާނުން ދިން ހަމަލާތަކެއްގައި ޕާކިސްތާންގެ 4 ސިފައިން މަރުވެއްޖެއެވެ.

ޕާކިސްތާންގެ އިދާރާތަކާ ހަވާލާދީ ހަބަރުތައް ބުނާގޮތުން އެ ހާދިސާ ހިނގީ ބޯޑަރުގައި އޮންނަ ޖަލްގައި ސަރަހައްދުގެ ކެޗް ޑިސްޓްރިކްޓްގައެވެ. އެހަމަލާ ދިނީ އީރާން ފަޅީގައި ހަރަކާތްތެރިވާ ޓެރަރިސްޓުން ކަމަށާއި ޕާކިސްތާންގެ ސިފައިންނަކީ އެ ސަރަހައްދުގެ ފޯރިއަށް ހަރަކާތްތެރިވަމުން ދިޔަ ބައެއް ކަމަށް ވެސް ބުނެފައި ވެއެވެ.

"އީރާނުގެ އިދާރާތަކާ ވާހަކަ ދައްކައިފިން، ޓެރަރިސްޓް ހަމަލާތައް ހުއްޓުވައި ކުރިއަށް އޮތް ތާނގައި އެފަދަ ކަމެއް ނުހިނގާނެ މަގުން ކަންކުރުމަށް މަޝްވަރާ ކޮށްފިން"

ޕާކިސްތާނާއި އީރާނަކީ 900 ކިލޯމީޓަރު (45 މޭލު) ހިއްސާ ކުރާ ބޯޑަރެއް އޮންނަ ދެގައުމެވެ. މީގެ ކުރިންވެސް މި ބޯޑަރުގައި ދެފަރާތުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގާފައި ވެއެވެ. އެގޮތުން ޖެނުއަރީ މަހުގެ ތެރޭގައި އާންމުން ގޮވައިގެން ދަތުރުކުރި ރޭލަކަށް ބޮމުގެ ހަމަލާއެއް ދީ 13 މީހަކު ޒަހަމްކޮށްލާފައި ވެސް ވެއެވެ.

އެ ބޯޑަރުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް ކަމުގައިވާ ރެބެލް ބަލޫޗް އަކީ ބޯޑަރުގެ ދެފަރާތުގައި ވެސް ހަރަކާތްތެރިވާ ޖަމާއަތެކެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި އެމީހުން ހަމަލާތައް އުފައްދަނީ އެ ސަރަހައްދުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދުމަށެވެ.

މި މައްސަލައިގައި އީރާނުގެ އިދާރާތަކުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.