އިންޑިއާގެ މެދުތެރޭގައި އޮންނަ މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ހުންނަ ރާމް ނަވާމީ ޓެމްޕަލަށް އީދަކަށް ގޮސް އުޅުނު ބަޔަކު އެ ޓެމްޕަލްގައި ހުރި ވަޅަކަށް ވެއްޓި ހިނގި ހާދިސާގައި 35 މީހަކު މަރުވެއްޖެއެވެ.
ހަބަރުތައް ބުނާގޮތުން، އެ ވަޅުގެ މަތި ހުރީ ދަގަނޑު ތޭރިތަކަކުން ބަންދުކޮށްފައެވެ. އެހެން އޮއްވާ އޭގެ މައްޗަށް ގިނަ ބަޔަކު އަރާއުޅުނު ވަގުތު ތޭރި ލެނބިގެން ވެއްޓުނީއެވެ. ވަޅަށް ވެއްޓުނު މީހުންގެ ތެރެއިން 35 މީހަކު މަރުވި އިރު 18 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. އަދި އިތުރު 16 މީހަކު ޒަހަމްވި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައި ވާ ގޮތުން އެހާދިސާ ހިނގުމާއެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ވަޅަށް ވެއްޓިފައި ތިބި މީހުން ހޯދީ އަންޑާވޯޓާ ކެމެރާގެ އެހީގައެވެ. އަދި ވަޅުގައި ހުރި ފެން ހިއްކުމަށް ޕަމްޕުތައް ބޭނުންކޮށް މަސައްކަތް ކުރަމުން ދިޔަ އާންމުންގެ މީހުން ދިޔައީ ވަލާއި ހަރުގަނޑުފަދަ ތަކެތި ބޭނުން ކޮށްގެން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
މި ވަޅަކީ ބޭނުން ކުރުން ހުއްޓާލާއި މަތިއަޅާފައި ހުރި ވަޅެއް ކަމަށްވެސް ބުނެއެވެ.