ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިއުލާން ކުރެއްވުމާއެކު ސަރުކާރު ވަޒީފާގައި ތިއްބެވި އެ ޕާޓީގެ ބައެއް މެންބަރުން ޖޭޕީން ވަކިވާ މައްސަލައިގައި ގާސިމް ނުރުހުން ފާޅުކުރައްވައިފިއެވެ.
ގާސިމް ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއު ކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާ އެއްގޮތަށް ކަންކަން ހާމަކުރެވުން ރަނގަޅުވާނެ ކަމަށެވެ. އެ ގޮތުން ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއުލާން ކުރެއްވުން ކިހިނެއް ވާނެ ތޯ އައްސަވާ ގާސިމް ސުވާލު އުފެއްދެވިއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ގާސިމް ޖުމްހޫރީ ޕާޓީން ވާދަ ކުރައްވަން ނިންމެވުމާ އެކު އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޕާޓީން ވަކިވަމުންނެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އިސްތިއުފާ ދެއްވާފައި ވާއިރު، އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބޭފުޅުން ވަކިވުމަށް ހުށަހެޅި އިސްތިއުފާ ސިޓީގައި ރައީސް ސޯލިހަށް ތާއިދުކުރައްވާކަން ވަނީ ހާމަ ކުރައްވާފައެވެ.
އެއެންމެން އެކެޑެނީ ވަޒީފާގެ ބޭނުމުގައި ކަމުގައި ބުނުމުން އެގޭ އެއްޗަކީ އެ އެންމެނަށްވެސް އަދި ގާސިމަށް ވެސް ކުރިޔަށް އޮތް ފަސްއަހަރުވެސް ވެރިކަމުގައި އިބޫ ހުންނާނެ ކަމުގައި ހަބޫލު ކުރެވޭ ކަމެވެ.
ނިކަން ތެދައް ތިބުނީ. 5މަހުގެ ބޮޑު މުސާރަ، އަހަރުމެންނަށް ނޭނގޭ އެބައިމީހުންނަށް އެނގި ލިބޭ ފައިދާތަކަށޭ ބުނަންވީނު. ކޮންމެހެން ދެއުޅިޔެއްނުވާ ވާހަކަ ނުދައްކަބަލަދޯ. އުރައްޕެއްނެތް ބަޔަކު ވަޤުތީ ފައިދާއަކަށް އަމިއްލަ ޕާޓީއަށް ހަރާންކޯރުވީމަ ނިކަން ތިޔަބައިމީހުންގެ ވަތުބަތާނަ އެނގިފައުޅުވެއްޖެ. މަހުވާ ތިފަދަ ބައިގަނޑަކާ އެކުލަވާލާ ބަޔަކަށް މަގޭވޯޓެއް ނުލިބޭނެ.