ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޖޭޕީގެ މެންބަރު ކަމުގައި ހުންނެވި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް (ސޯނީ) ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
ސޯނީ ޖުމްހޫރީ ޕާޓީއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް ސޯލިހްގެ ތައުލީމީ ސިޔާސަތު ތަންފީޒު ކުރުމަކީ ލިބިވަޑައިގެން ފަހުރަކާއި ޝަރަފެއް ކަމަށެވެ. މި ސަރުކާރަކީ މިހާތަނަށް ފެނުނު އެންމެ އަމާން އޮމާން ވެރިކަން ކަމަށާއި ރާއްޖޭގެ ތާރީހުގައި ވެސް ތައުލީމީ ގާބިލް ޖީލެއް ބިނާ ކުރުމުގައި މަސައްކަތް ކުރި އަދި މަސައްކަތް ކުރަމުންދާ ސަރުކާރެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރައީސް ސޯލިހަށް ތާއިދުކުރަން ނިންމަވާ ކަމަށާއި އެހެންކަމުން ޖުމްހޫރީ ޕާޓީގެ މެންބަރު ކަމުން ވަކިވާން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ނިންމުން ނިންމެވީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރަން ނިންމުމާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޯނީ އަކީ ވޭތުވެ ދިޔަ 5 އަހަރު ދުވަހު ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި 5 އަހަރު ދުވަހު ހުރެ އެ ޕާޓީ ކުރިއެރުވުމެއް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ އިރު، ސޯނީގެ އިތުރުން ދާދި ފަހުން ވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، ޖެޕީގެ ލީޑަރު ގާސިމް އިބްރާހިމް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޖޭޕީގެ ބައެއް މަގާމުތަކުގައި ތއިްބެވި މެންބަރުން އިސްތިއުފާ ދެއްވަމުން އަންނަ އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގައި ތިއްބެވި ބައެއް މެންބަރުން ވެސް އަންނަނީ ޖެޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އާއި ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝިފާޒް ޖޭޕީއާއެކު މަސައްކަތް ކުރައްވާ އެމްޑީޕީގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
ސާހް އަށް ވެސް އަދި ބޮލެއް ހުރި ކޮންމެ މީހަކަށްވެސް، މިއުޅެނީ ބަޔަކު ގާސިމްގެ ބޮލަށް ވަދެގެން މޮޔަ ހައްދައިގެންކަން އެގޭނެއެވެ. ހަމަހޭގައި މިތިބަ މުސްލިމް ދިވެހިން ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ސްޕާ ހިންގާ މީހާއަށް ވެރިކަމަށް ވޯޓެއް ނުދޭނެއެވެ. ދިވެހިންގެ ދީނެއް ފައިސާއަކަށް ނުވިއްކާނެއެވެ.