ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އޭޑީކޭގައި ފަރުވާދެމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލެ ބްރިޖް ލައިޓް ކައިރިން ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ ދަންވަރު 2:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ބްރިޖް މަތީގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވާއިރު އާންމުކޮށް ބްރިޖު މަތީގައި އެކްސިޑެންޓްތައް ހިނގަނީ ދުއްވަން ޖެހޭ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ދުުއްވުމާއި އޯވާ ޓޭކް ކުރުން ފަދަ ކަންކަމުގެ ސަބަބުން ކަން ފާހަގަ ކުރެވެއެވެ.