ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މެއި 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ބުނީ، ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު، އަދި އދ. ދިއްދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މެއި މަހުގެ 6 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އީސީން ބުނެއެވެ. އަދޮ މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 8 ވަނަ ދުވަހު ކަމަށް އީސީން ބުނެއެވެ.

މީގެ އިތުރުން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރިޒާ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އަވަހާރަވުމާ ގުޅިގެން، އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން ބާއްވަން ވަނީ ނިންމާފައެވެ. އެ ބައި އިލެކްޝަންގައި ތިން ކެންޑިޑޭޓުން ވާދަކުރައްވާއިރު އޭގެ ތެރޭގައި ހިމެނެނީ ގުރައިދޫ ދާއިރާ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާއި އެމްޑީފީގެ ފަރާތުން މުހައްމަދު ޝާޒްގެ އަދި އެމްއެންޕީގެ ފަރާތުން އަލީ އަރީފެވެ.