އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް މަސް ކުންފުނި ހޮރައިޒަން ފިޝަރީޒްގެ "މާންދޫ މަސް" ގެ އުފެއްދުންތައް ހިމެނޭ ހަދިޔާ ޕެކްތަކެއް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި އުރީދޫން ބުނީ، ހޮރައިޒަން ފިޝަރީޒް އާ ގުޅިގެން "މާންދޫ މަސް" ގެ މަސްދަޅުތައް ހިމެނޭ ޕެކްތައް މޫލީން ލިބޭނެ އިންތިޒާމް ހަމަޖައްސާފައި ވަނީ ރޯދަ މަހު އާންމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކަމަށެވެ.

އެގޮތުން މޫލީ މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެ "މާންދޫ މަސް" މަސްދަޅުތައް ހިމެނޭ ޕެކްތައް އޯޑަރު ކޮށްލެވޭނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އެ ޕެކްތައް ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، މާންދޫ މަހުގެ ހަތަރު ހަދިޔާ ޕެކެއް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އެ ޕެކްތަކުގެ އަގުތައް އުޅެނީ، އެ ކުންފުނިން ބުނި ގޮތުގައި 145ރ އާއި 160ރ އާ ދެމެދުގެ އަގުތަކެއްގައެވެ.

  • ހަދިޔާ ޕެކް 1 - 150ރ: މި ޕެކްގައި ހިމެނެނީ ގިތެޔޮ މިރުހުގައި ހަދާފައިވާ ތިން ދަޅާއި، ހިކި މިރުހުގައި ހަދާފައިވާ ދެ ދަޅާއި، ސަންފްލާވާ ތެލުގައި ހަދާފައިވާ ދަޅަކާއި ފެނުގައި ހަދާފައިވާ ދަޅެއްގެ އިތުރުން، މަސްހުނި އެކްސްޓްރާ އޮއިލް ދަޅަކާއި، މަސްހުނި އާދައިގެ ދަޅެއް އަދި މަސްހުނި ޒީރޯ ޗިލީ ދަޅެކެވެ.
  • ހަދިޔާ ޕެކް 2 - 160ރ: މި ޕެކްގައި ހިމެނެނީ ޒައިތޫނި ތެލުގައި ހަދާފައިވާ ކަޅުބިލަމަސް، ސަންފްލާވާ ތެލާއި ހިއްކި ޓޮމާޓޯގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ ތެލާއި ލުނބޮ އާއި އަސޭމިރުހުގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ ތެލާއި ލުނބޮ އާއި ތައިމްގައި ހަދާފައިވާ ކަނޑުމަހުގެ އިތުރުން، ސަންފްލާވާ ތެލާއި ލޮނުމެދާއި ހާބްގައި ހަދާފައިވާ ކަނޑުމަސް، މިއިން ކޮންމެ ވައްތަރަކުން ދެ ދަޅެވެ.
  • ހަދިޔާ ޕެކް 3 - 145ރ: މި ޕެކްގައި ހިމެނެނީ މަސްހުނީގެ ތިން ވައްތަރު (އެކްސްޓްރާ ޗިލީ، އާދައިގެ، އަދި ޒީރޯ ޗިލީ)، ގިތެޔޮ މިރުހުގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ ތެލުގައި ހަދާފައިވާ ކަނޑުމަސް، މިއިން ކޮންމެ ވައްތަރަކުން ދެ ދަޅެވެ.
  • ހަދިޔާ ޕެކް 4 - 150ރ: ހަދިޔާ ޕެކްތައް 1، 2، އަދި 3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން ދަޅެއް މި ޕެކްގައި ހިމެނެއެވެ.

އުރީދޫން ބުނީ، ރޯދަ ހަދިޔާ ޕެކް ގަތުމަށް އެކަމަށް ހާއްސަކޮށްފައިވާ ޕޭޖަށް ކަސްޓަމަރުން ވަދެ އޯޑަރު ދިނުމުން، ކޮންމެ ރަށަކަށް ވެސް ހަދިޔާ ޕެކްތައް ހިލޭ ގެންގޮސްދޭނެ ކަމަށެވެ. އުރީދޫން ބުނި ގޮތުގައި، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މޫލީ މެދުވެރިކޮށް އޯޑަރު ދެވޭނެއެވެ.

މިދިޔަ ރޯދަ މަހު އުރީދޫން ވަނީ ތ. ކަނޑޫދޫގެ ކައުންސިލާ ގުޅިގެން އެ ރަށުގެ ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ރޯދަ އަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ.