ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކޮށްފައިވާ ސ. މަރަދޫފޭދޫ، ރަށްދެބައިގެ އިބްރާހިމް ފައިހް ނިޒާމް، 25އ ފޮރުވައިގެން ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފުޓްބޯޅަ ކުޅުންތެރިއެއް ހިމެނޭކަން "ދަ ޕްރެސް" އަށް ކަށަވަރު ވެއްޖެއެވެ.
މާޒިޔާ ސްޕޯޓްސްގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅެފައިވާ އެ ކުޅުންތެރިޔާ ހައްޔަރުކޮށްފައި ވަނީ ރޭ ކުރިއަށް ދިޔަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗަށް ފަހު ދަނޑުގެ ބޭރަށް ނިކުމެ ހުއްޓައެވެ. އެ މުބާރާތުން އޭނާ ކުޅުނު ލާމު ޓީމު މޮޅުވެފައި ވާއިރު މެޗަށްފަހު ބޭއްވި އެވޯޑް ހަފްލާގައިވެސް އޭނާއަށް ބައިވެރިއެއް ނުވެވެއެވެ.
ފުލުހުން މިއަދު ބުނީ އިބްރާހިމް ފައިހް ނިޒާމް ހައްޔަރު ވިޔަ ނުދިނުމަށްޓަކައި އޭނާ ފޯރުވައިގެން ގެންގުޅޭ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފަސް ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުވުމުން 3 މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއިން އެކަކީ އެ ކުޅުންތެރިޔާކަން ވެސް ވަނީ އެނގިފައެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދެން ހައްޔަރުކުރި ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސައަކާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާން ކުރީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ ފަހަރަށް އޭނާ ހޯދުމަށް މި މަހުގެ 16 ވަނަ ދުވަހުވެސް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގަޓެއް ނުހުރޭ ދޯ އެފަދަ ހަމަލަ ދޭން ކެރޭނަމަ ހައްޔަރު ކޮށްފާނެތީ ބިރުގަންނާކަށް ނުޖެހޭ ތިޔަވާނީ ފަތްބޯ ސޮރަކަށް ހިނދުކޮޅުގަ މާރާމާރީ ހިންގާފަ ހޭވެރިކަންވީމަ އެނދު ދަށުގަ ރަޖާލައިގެން