ވިލިމާލެއިން 13 އަހަރުގެ ކުއްޖަލު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކުއްޖާ ގެއްލިގެން ރޭ 01:33 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އެކުއްޖާގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ގެއްލިގެން ހޯދަން ފެށީ އިއްޔެ އިރުއޮއްސި 7:30 ހާއިރުއެވެ. މިގޮތުން އޭނާ އުޅޭ ގޭގެ ކަންމަތީގައި ހުންނަ ފިހާރައަށް ދަނީ ކަމަށް ބުނެފައި އޭނާ ނިކުތްގޮތައް ހަބަރެއް ނުވާ ކަމަށް އެކުއްޖާގެ އާއިލާ އާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މީގެ އިތުރުން އޭނާގެގެ ފޯނަށް ރޭ އިރާކޮޅު ގުޅުނު ނަމަވެސް މިހާރު ފޯނު އޮތީ ނިއްވާލާފައި ކަމަށް އާއިލާއިން ބުނެއެވެ.