އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އެ ފަތުރުވެރިޔާ ގެނބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ މައުލޫމާތު މިއަދު ހެނދުނު 10:30 ގައި ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މަރުވެފައި ވަނީ ޔޫކޭ އަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެ އަންނަ ބައެއް ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވާ މިފަދަ އެތައް ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައި އެބަ ހުއްޓެވެ.