މިރޭ މާލޭގެ އިމާރާތަކުން ވެއްޓުނު އަންހެން މީހާ މަރުވެއްޖެއެވެ.

އެކަން ކަށަވަރު ކޮށްދެމުން ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 32 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އައިޖީއެމްއަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ކުރިން ބުނީ ހ. ގެއަކުން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 8:05 ހާއިރު ލިބިފައިވާ ކަމަށާއި ފުލުހުން ދަނީ ސީންގައި ހަރަކާތްތެރި ވަމުން ކަމަށެވެ.

ވެއްްޓިފައި ވަނީ ދިވެހި އަންހެނެކެވެ. އަދި އެ މީހާ ވެއްޓިފައި ވަނީ ކަލާފާނު ހިނގުމުގައި ހުންނަ ކެފޭ ޓެލެންޓް ހިންގަމުން އަންނަ ހ. ލިލީ ނައިޓް އާގޭގެ 3 ވަނަ ފަންގެފިލާއިންނެވެ.

މިހާރު އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ބަންޑުންނެވެ. އަދި ލޭ ތަކެއް އޭނާ ކައިރީ ބިންމަތީގައި ހުރި ނަމަވެސް ލިބުނު ޒަހަމްގެ ތަފްސީލެއް އަދި ސާފު ވާ ގޮތެއް ނުވެއެވެ،

މިރޭ އެ މީހާ ވެއްޓި ޒަހަމްވެފައި ވާއިރު ރޭ ހ. ގެއެއްގެ ފަސްވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ ރޭ 12:30 ހާއިރުއެވެ. އެކުއްޖާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 2:00 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.