ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.

މިއަދު ހަވީރު އެ އެއާޕޯޓަށް ޓެސްޓު ފްލައިޓްގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482 ޑޭޝް 8 ގެ 300 މަރުކާގެ ބޯޓެވެ.

އެ އެއާޕޯޓުގައި ޖެއްސި ޓެސްޓް ފްލައިޓުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފެނަކައި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވަނީ ވަޑައިގެންފައެވެ.

އެ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހެވެ.

https://m.facebook.com/story.php?story_fbid=pfbid02qPhtG9cfdWEyK9JyNEfM2ijvnGBXy7SdY2XnBaBxMGboex9eADbMPHrEB6uRTC8Tl&id=100009716807067&mibextid=uc01c0

އެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކޮށްފައި ވާއިރު ފަޔާ ބިލްޑިންއަކާއި ޓާމިނަލް ބިލްޑިންއެއް ވަނީ ގާއިމްކޮށްފަައެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް މި މަހުގެ 16 އިން 19 އަށް ޕްރޮމޯޝަނަލް ފެއާއެއް ކުރިއަށް ގެންދަން ނިންމައި ޓިކެޓް ބުކްކުރުމުގެ ފުރުސަތު މޯލްޑިވިއަނުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން ވަންވޭ ޓިކެޓު 1,574 ރުފިޔާއަށް ވިއްކަމުން ދާއިރު ރިޓާން ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާއެވެ.