ޗައިނާގެ ރައީސް ޝީ ޖިންގްޕިން 3 ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ފަހު ޑިފެންސް މިނިސްޓަކަށް ހަމަޖެއްސެވީ، ރަޝިއާއިން ހަތިޔާރު ގަނެފައިވާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޭފުޅެކެވެ.

ޖެނެރަލް ލީ ޝަންގްފޫ އެ މަގާމަށް ހަމަޖެއްސުމުން އެމެރިކާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖެނެރަލް ލީ އަކީ، ރަޝިއާގެ އުފެއްދުމެއް ކަމަށް ވާ އެސް 35 ގެ ކޮމްބެޓް އެއާކްރާފްޓާއި އެސް 400 މަރުކާގެ ސާފޭސް ޓް އެާ މިސައިލް ސިސްޓަމް ގަތް މައްސަލައިގައި އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕްގެ ވެރިކަމުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބޭފުޅެކެވެ.

ޖެނެރަލް ލީ ގެ އިތުރުންވެސް ޝީ ވަނީ ސަރުކާރުގެ ގިނަ މަގާމުތަކަށް ބަދަލު ގެންނަވާ އާ ބޮޑުވަޒީރަކުވެސް އައްޔަން ކުރައްވާފައެވެ.

މުރާސިލުން ލަފާ ކުރާ ގޮތުގައި ޖެނެރަލް ލީ ޑިފެންސް މިނިސްޓަރަކަށް ހަމަޖެއްސުމުން އެމެރިކާ އާ ދެމެދު ނުތަނަވަސްވެފައިވާ މަސްރަހް އިތުރަށް ނުތަނަވަސް ވެގެން ދާނެއެވެ. އެމެރިކާ އާއި ޗައިނާ އާ ދެމެދު ކިތަންމެ ވާދަވެރިކަން ބޮޑަސް، އަސްކަރީ ދާއިރާގައި ސަލާމަތާ ގުޅުން ހުރި ކަންކަމުގައި ދެގައުމުގެ ވެރިންގެ ފެންވަރުގައި ދާއިމީ ބައްދަލުވުންތައް ބާއްވައެވެ. އެފަދަ ބައްދަލުވުންތަކުގައި ޗައިނާއިން ދެން ބައިވެރިވަޑައިގަންނަވާނީ ޖެނެރަލް ލީ އެވެ.