އެކުގައި ފިލްމުކުޅެން މިހާރު އެންމެ ބޭނުންވާ ބަތަލާ އަކީ ކްރިތީ ސެނަން ކަމަށް ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.

ރަންބީރު ބުނީ ކްރިތީ އަކީ ހުނަރުވެރި ބަތަލާއެއް ކަމަށާއި އަދި ކްރިތީ އަކީ އެހާ ރީތި ވެސް ކުއްޖެއް ކަމަށެވެ. މިހާރު އެންމެ ބޭނުންވަނީ އޭނާ އާއެކު މަސައްކަތްކޮށްލަން ކަމަށާއި ކްރިތީ އާއެކު ފިލްމެއް ކުޅެން ލިބިއްޖެނަމަ އެ ފިލްމު ކުޅޭނެ ކަމަށެވެ. "މިމީ" ގައި ކްރިތީ ކުޅުނު ރޯލުން އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނު ބަތަލާ ކްރިތީ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑު ބޮޑު ބަތަލާ ވެސް މެއެވެ.

ބޭރުގެ މީޑީއާއަކަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ ކްރިތީ އަކީ ތަފާތު ހުނަރެއް ހުންނަ ކުއްޖެއް ކަމަށާއި އޭނާގެ ފިލްމުތަކަކީ ވަރަށް ރީތި ފިލްމުތަކެއް ކަމަށެވެ. އަދި އޭނާގެ އެކްޓިން ވަރަށް ކަމުދާ ކަމަށެވެ. ބަތަލާ ކްރިތީ އެންމެ ފަހުން ފެނިގެންދިޔައީ އެކްޓަރު ކާތިކް އާރްޔަން އާއެކު ފިލްމު "ޝެހެޒާދާ" އިންނެވެ. އެ ފިލްމަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ދެހާސް ސާދަ ވަނަ އަހަރު ޓައިގާ ޝްރޮފް އާއެކު ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ ވަނީ މިހާތަނަށް ބެލުންތެރިން ބަލައިގަންނަފަދަ އެކްޓިންނެއް ދައްކާފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖޫން 16 ގައި ރިލީޒްކުރާ "އަދިޕުރުޝް" އިންނެވެ. މި ފިލްމުގައި އޭނާ އާއެކު ހަރަކާތްތެރިވާނީ އެކްޓަރު ޕްރަބާސްއެވެ. އެ ފިލްމަށްފަހު ކްރިތީ ދެން ފެނިގެންދާނީ ޓައިގާ ޝްރޮފް އާއެކު "ގަންޕަތު: ޕާޓް 1" އިންނެވެ. އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ފިލްމަކީ އެކްޝަން ތުރިލާ އެކެވެ.

ފުލުފުލުގައި ފިލްމުތަކުގައި މަސައްކަތްކުރާ ކްރިތީގެ އަތުގައި މިވަގުތުވެސް ދެ ފިލްމެއް އެބައޮތެވެ. އެއީ ޝާހިދު ކަޕޫރާ އެކީ ކުޅޭ، އަދި ނަން ހާމަނުކުރާ ފިލްމަކާއި ކަރީނާ ކަޕޫރާއެކު ފެނިގެންދާ "ދަ ކްރޫ" އެވެ.