އިންޑިއާގެ ސްޓޮކް މާކެޓުގައި ބައިވެރިވުން ބޮލީވުޑްގެ އެކްޓަރު އަދި ޔޫޓިއުބަރު އަރުޝަދު ވަރުސީ އަށް މަނާކޮށްފިއެވެ.
މާކެޓް ރެގިއުލޭޓް ކުރާ އިދާރާއިން ބުނީ އަރުޝަދު ވަރްސީ އަށް އިންޑިއާގެ ސްކޮޓް މާކެޓުގައި ބައިވެރިވުން މަނާކުރީ ހިއްސާގެ އަގުތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ އިތުރުން އެކަން ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ ތުހުމަތުތައް ތަހުގީގު ކުރުމަށްފަހުގައި ކަމަށެވެ. އެ އިދާރާ އިން ބުނީ އަރުޝަދުގެ ޔޫޓިއުބް ޗެނަލުގައި ސްޓްރީމް ކޮށްފައިވާ ހަތަރު ވީޑިއޯއެއްގައި ހިއްސާގެ އަގުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށާއި އެ ވީޑިއޯތަކުގެ ސަބަބުން އޮޅުން އަރާފައި ވާ ކަމަށެވެ.
އެ އިދާރާ އިން އެހެން ބުނި ނަމަވެސް އަރުޝަދާއި އޭނާގެ އަނބިމީހާ މާރިއާ ގޮރެޓީ އެކަމަށް އިންކާރުކޮށް ދެކޮޅު ހަދައެވެ. އަރުޝަދުގެ އިތުރުން އެހެނިހެން ބައެއް ފަންނާނުންނަށްވެސް އިންޑިއާ ސްކޮޓް މާކެޓުގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ. ސެކިއުރިޓީޒް އެކްސްޗޭންޖް ބޯޑް އޮފް އިންޑިއާއިން ބުނީ އިންފްލުއެންސަރު މަނީޝް މިޝްރާގެ "ދަ އެޑްވަައިޒާ" އަދި އަދި "މަނީވައިޒް" ޔޫޓިއުބް ޗެނަލުން ސެލެބްރިޓީން ނަހަމަ ގޮތުގައި ބޭނުންކޮށް ދެ ކުންފުންޏެއްގެ ހިއްސާ ރީޓެއިލް އިންވެސްޓަރުންގެ މެދުގައި މަގްބޫލް ކުރި ކަމަށެވެ. ހަމައެއާއެކު އޭގެ އިތުރުން "މިޑްކެޕް ކޯލްސް" އަދި ޕްރޮފިޓް ޔަތްރާ" ޗެނަލުން ވެސް ވީޑިއޯތައް އާއްމުކުރި ކަމަށާއި އެ ވީޑިއޯތަކުގައި "ޝާޕްލައިން ބްރޯޑްކާސްޓް" އާއި "ސަދްނާ ބްރޯޑްކާސްޓް" ގެ ހިއްސާގެ އަގުތައް މަތިކޮށް އޮޅުވާލުމަށް ފަހު އާންމު ކުރީ ދޮގު މައުލޫމާތު ހިމަނައިގެން ކަމަށެވެ.
އެ އިދާރާ އިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުން ދޭހަވެގެން ދިޔައީ އެތައް މިލިއަން މީހުން އެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަމާއި އަދި އެ ހިއްސާތައް ވިއްކުމަށް ފަހު ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށެވެ.
ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި ވަނީ އެ ވީޑިއޯ ތަކަށް މިލިއަނުން ވިއުސް ލިބުނުއިރު އަރުޝަދު ވާރުސީ އަށް 2.9 މިލިއަން ރުޕީޒްގެ ފައިދާއެއް ލިބުނުކަމަށާއި އޭނާގެ އަނބިމީހާއަށް 3.7 މިލިއަން ރުޕީޒްގެ ފައިދާއެއް ލިބިފައިވާ ކަމަށެވެ. އެ ނޫހުން ބުނީ މިހާރު އެ ހަތަރު ވީޑިއޯ އާންމުންނަށް ނުފެންނަހެން ރެސްޓްރިކްޓް ކުރެވިފައި ވާކަމަށެވެ.