އައިޖީއެމްއެޗްގެ އައިސީޔޫގައި ސްކޭން ކުރުމަށް (އަލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ހަދިޔާ ކޮށްދިއުމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ހޭނައްތާ ޑޮކްޓަރު، އިސްމާއިލް ލަތީފު އާންމުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އައިސީޔޫއަށް ޔޫއެސްޖީ މެޝިނެއް ހޯދައިދޭން އެދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައި ވާއިރު އެކަން ވެފައި ނުވާކަމަށް އެ ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.
ޑރ. އިސްމާއިލްގެ އިތުރުން އައިޖީއެމްއެޗުގެ ނަރުހަކު މިއަދު ބުނެފައި ވަނީ އެޑްމިޓްކޮށްފައި ތިބޭ މީހުން އުފުލަން ބޭނުންކުރާ ލިފްޓާއެއް ވެސް އެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށާއި އެ ވަސީލަތްތަކަކީ އަމިއްލަ ބޭނުމަކަށް ހޯދާ އެއްޗެއް ނޫން ކަމަށެވެ. އަދި އެ ތަކެއްޗަކީ ބަލި މީހުންނަށް ފަރުވާދިނުމަށް ވަރަށް ބޮޑަށް ބޭނުންވާ އެއްޗެހި ކަމަށާއި އުންމީދަކީ ކަމާބެހޭ އިދާރާތަކާ ހަމައަށް އެ މެސެޖު ދިއުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗް އިން ބުނީ އޭގެ ފަސް މެޝިން އެ ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ސްކޭން ކުރުމަށް (އަލްޓްރާސޮނޮގްރެފީ/ ޔޫއެސްޖީ) ބޭނުންވާ ޕޯޓަބަލް މެޝިން ނެތްކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ ހޮސްޕިޓަލަށް ގަންނަނީ ފެންވަރު ރަނގަޅު އާލާތްތައް ކަމަށް ވުމުން ވަކި ބްރޭންޑްތަކުގެ ތަކެތި ހޯދުމުގައި ދަތިތަކާއި ދިމާވާ ކަމަށެވެ.
އެ ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ މެޝިންތަކާއި ކޮންސިއުމަބަލްސް އަކީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ތަކެކީގެ އަގާއި ފެންވަރަށް ބަލައި ވަކި އުސޫލަކުން ގަނެވޭ ބަލިމީހުންނަށް ރައްކާތެރި ދުނިޔޭގެ ސެޓިފައިން ބޮޑީތަކުން ގަބޫލުކުރާ ފެންވަރު ރަނގަޅު އިކިއުޕްމަންޓް ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ މުދާ ގަތުމުގައި އެ ހޮސްޕިޓަލުން އަމަލު ކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުންނާއި ހަރަދު ކުޑަ ކުރުމަށް އިސްކަން ދޭންޖެހޭތީ ބައެއް ފަހަރު ޑިޕާޓްމަންޓު ތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެ ވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއަދު މި މައްސަލަ ފެންމަތި ވި އިރު ރައީސް އޮފީހުގައި ހުންނަވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަަށުގައި ހޮސްޕިޓަލް އޮވެ އެކަށީގެން ވާ ވަރަށް އަޅާނުލާ ވާހަކަ އާއި އައިޖީއެމްއެޗްގައި ރަނގަޅު ސާވިސް އެއް ނުދެވި، އެފަދަ ސާވިސްތައް ހޯދަން އަމިއްލަ ތަންތަނަށް ފޮނުވާ ވާހަކަތަކަކީ ވެސް އާންމުން ދައްކަމުން އަންނަ ވާހަކަ ތަކެވެ.
މޮޅެތީ ވާހަކަދައްކައޭ އަދިއެބަ ، ތިތާނުހުރޭ އެކައަޗެއްވެސް، އެމް.އާރް.އައި މެޝިންވެސް ގޮވާފަ އެކަތި ނޫނީ… އެއްޗެހިއެބަހުއްޓޭ އެބަކިޔާނު…. ވެންޓިލޭޓަރުތައްހެން ތިތަނަށް ގެންނަ އެއްޗެހިތައްވެސް ކަނީތޯއްޗެ!!!
އެތަށްބިލިއަން ރުފިޔާއިން ރައްޔަތުން ދަރުވަމުންދާއިރު އައިޖީއެމްއެޗުން އެމްއާރުއައިއެއް ހަދާން 2 މަސްދުވަހު މަޑުކުރާން ޖެހުން ބަލައެއް ނުގަނެވޭ.