ދިވެހި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޒުވާނަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ އުމުރުން 25 އަހަރުގެ ސ. މަރަދޫފޭދޫ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު ކަމަށެވެ.

ފައިހްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މާރާމާރީގެ މައްސަލައަކާ ގުޅިގެން ފައިހް ހޯދަން އިއުލާން ކޮށްފައިވާއިރު އިއްޔެ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީއެއް ހިންގާފައެވެ. އަދި އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.