އައްޑޫ ސިޓީ ފޭދޫގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައިސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޝިހާދް އިބްރާހިމްއެވެ.

މިމަޝްރޫއުގެ ދަށުން 2 ލިފްޓު ހިމެނޭ ގޮތަށް ތަރައްގީކުރާ މަލްޓި ސްޓޯރީ ބިލްޑިންގ ގައި 1،000 އަކަފޫޓު ގެ 75 އެޕާޓްމެންޓް ތަރައްގީކުރާނެއެވެ. އަދި ކޮންމެ އެޕާޓްމެންޓެއްގައި 3 ކޮޓަރި އާއި 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމެއް ހުންނާނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެންމެ ތިރި ވިޔަފާރިތަކަށާއި، ބިލްޑިންގ ސަރވިސް އޭރިއާއަށް ހާއްސަކުރުމަށްވަނީ ނިންމާފައެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 121.5 މިލިއަން ރުފިޔާއެވެ.

ފޭދޫގައި ހައުސިން ޔުނިޓް އިމާރާކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފައިވަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.