މިވެރިކަން ވަރަށް އަވަހަށް ނިމި އަނިޔާވެރިކަމުގެ މައްޗަށް އަދުލުވެރިކަން ފާޅުވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް އެ މަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފަ އިވާއިރު، ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
ވ. އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ޖަމީލު ވިދާޅުވީ އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި އޮތީ އެތައް ރައްޔިތުންގެ ހައްގު ކަމަށެވެ. އަދި ދާދި އަވަހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމި އަނިޔާވެރިކަމުގެ މައްޗަށް އަދުލުވެރިކަން ފާޅުވާނެ ކަމަށެވެ. އިތުރަށް ޖަމީލު ވިދާޅުވީ ރައީސް ސޯލިހްގެ ސިޔާސީ ބަދަލު ހިފުން ވަރަށް އަނިޔާވެރި ކަމަށެވެ.
ނަމަވެސް ރައީސް ސޯލިހު މީގެ ކުރިން އެތައް ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ އެއްވެސް ކުއްވެރިއަކު ޖަލަށްލައިފާ ނުވާނެ ކަމަށެވެ.
މީގެކުރިންވެސް ޑރ. ޖަމީލު ވަނީ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ދައުވާ ކުރާކަން ފާހަގަ ކުރައްވާ މި ރިޔާސީ ދައުރު ނިމެންދެން ސިލްސިލާކޮށް އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ޕްރެޝަރަށް ވެއްޓޭ ކޮންމެ ފަހަރަކު ތަހުގީގެއް ހިންގާނެ ކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ޑރ. ޖަމީލު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމުގެ ނިޔަތެއް މި ސަރުކާރުގައި ނެތް ކަމަށާއި ސަރުކާރުން ބޭނުން ވަނީ އިދިކޮޅު ލީޑަރަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ގޮތް ހެދުން ކަމަށެވެ.
ޖަމީލަކީ މޮޔައެއްތަ ޖަމީލަށް ބަދަލުހިފިމީހާ ނޭނގުނީމައި ދެންވާނީ ކިހިނެއް