ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ބައިވެރިވެ ވަޑައިތުމަށް ރައީސް އައްޑޫ އަށް ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.
ރާއީސްގެ މި ދަތުރުފުޅުގައި ނޭޝަނަލް ކޮލެޖް ފޯ ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ 34 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ އަވަށްތަކަށް ޒިޔާރަތް ކުރެއްމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފޯރިއާ އެކު ކުރިއަށް ދާ މި ދަނޑިވަޅު ރައީސް އައްޑޫ ސިޓީ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ކެމްޕެއިން ކުރައްވަން އުޅުއްވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އަބަދުވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ އައްޑޫ ސިޓީގައިވެސް ކެމްޕެއިންގެ ފޯރި ގަދަވެފައި ވާއިރު ރައީސްގެ ދަތުރުފުޅަށް އެ ޕާޓީގެ މެމްބަރުން އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން މި މަހު 23 ވަނަ ދުވަހު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އައްޑޫ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރަސްމީދަތުރު އެކަމަކު ކުރައްވަނީ ކެންޕޭނު އެކަމަކު ޒީފޯ ޓޮލަރެންސް
ކެމްޕެއިން ކުރަން ޖަހާ މަޅި. މިހާރު ސްކޫލްތަކުން އަހަރީ ދުވަސް ފާހަގަ ކުރުމުގެ ނަމުގައި ކެމްޕޭންކުރުމަށް ބޮޑި ބަންނަނީ.