ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޖީއޭ ޕާކިންގައި ތާރު އެޅުމުގެ މަޝްރޫއުގެ 46 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫޢުގެ ދަށުން، 776 މީޓަރުގެ ވަގުތީ ފެންސެއް ޖެހުމާއި، 55،818 އަކަ މީޓަރުގެ ސަރަހައްދެއްގެ ޓޮޕްސޮއިލް ނެގުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 8372.70 އަކަ މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައި ލެވެލް ކުރުމާއި، 55،818 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ. އަދި 8372.70 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް ކޮމްޕެކްޓް ކުރުމާއި، 55،818 އަަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 91.45 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކޮށްފައި ވާ މަޝްރޫއެކެވެ.