މިދިޔަ އަހަރުގެ ފުރަތަމަ ތިން ދުވަހާ އަޅާބަލާ އިރު މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 11.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް ވަނީ 17،334 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ، ފާއިތުވެ ދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 15،618 ފަތުރުވެރިންނެވެ.
މި މަހުގެ ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފްސީލް
- ޖެނުއަރީ 1: 4،625
- ޖެނުއަރީ 2: 6،487
- ޖެނުއަރީ 3: 6،232
މި އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުުރުވެރިންނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ އިޓަލީންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުގެ 3،437 ފަތުރުވެރިން ރާއްޖެއްށް އައިސްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝީއާއިންނެވެ. އެއީ 2،974 ފަތުރުވެރިންނެވެ. އަދި އިންޑިއާއިން މިހާތަނަށް ރާއްޖެ 1،155 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާ އިރު އިންޑިއާ ވަނީ މި އހަަރު ފަތުރުވެރިން އައި އަދަދަށް ބަލާ އިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަށެވެ.
އިޓާލީން އެންމެ ގިނަ ފަތުރުވެރިން މިހާތަަނަށް އައިސްފައިވާ އިރު، މިދިޔަ އަހަރު ތެރޭ ރާއްޖެއަށް އައި ފަތުރުވެރިންގެ ލިސްޓުން އިޓަލީއަކީ 5 ވަނައަށް އޮތް ގައުމެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެއްވަނައިގައި އިންޑިއާ، ދެވަނައިގައި ރަޝިއާ އަދި ތިންވަނައިގައި ޔޫކޭއެވެ.
ޓޫރިޒަމް ޓާގެޓެއއްގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތރުުވެރިން އަންނާނެ ކަމަށް ސަރުކާރުން ވަނީ ލަފާ ކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ލަފާކޮށް ފައިވާ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލް ވެފައިވާ އިރު އޭގެ ކުރީއަހަރު ކުރި އަމާޒު ވެސް ހާސިލް ކޮށްފައި ވުމަކީ ކޮވިޑަށް ފަހު ޓޫރިޒަމް ސިނާއަތަށް އައި ލޮޅުމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ދުވަހެއް ދުވަހެއް ކުރިއަރަމުން އަންނަ ހެއްކެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ޤަބޫލެއް ނުކުރެވޭ. ކިތައްމެ ވަރަަކަށް ޓޫރިސްޓުން އެހެން ޤައުމަކުން އައި ކަމުގައި ވިއަސް ތަސައްލީ ލިބޭނީ އިންޑިއާ ޓޫރިސްޓުންނޭ އެންމެ ގިނައީ ބުނުމުން.