ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ދިރާސާކުރަން ފަށާފައި ވާނެ ކަމަށާއި، އެ ހުކުމާ ގުޅިގެން ޖިނާއީ ތަހްގީގެއް ކުރިއަށް ގެންދަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ޔާމީންގެ އިތުރުން ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހުކުމް އިއްޔެ އާންމުކުރި އިރު، އެ ހުކުމްގައިވާ ގޮތުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ދޮގު ހެކި ބަހެވެ.
ނަރީޝްގެ އިތުރުން އެ މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދިން އަބްދުﷲ ރަޝީދުގެ މައްސަލަ ތަހްގީގު ކުރަމުންދޭތޯ ސާފުކުރުމަށް ފުލުހުންނާ ސުވާލުކުރުމުން، ފުލުހުންގެ ފަރާތުން ބުނީ، އެ ހުކުމް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާނެ ކަމަށާއި، އެ ހުކުމް ދިރާސާކުރުމަށް ފަހު ޖިނާއީ ތަހްގީގެއް ކުރިއަށް ގެންދަން ޖެހިއްޖެ ކަމުގައިވާ ނަމަ އެކަން ކުރާނެ ކަމަށެވެ.
"އެއްވެސް ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިއުމުގެ ގާނޫނީ އަސާސެއް އޮތްނަމަ އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރާނެ."
11 އަހަރަށް ޔާމީން ޖަލަށް ލާން ކުރި ހުކުމްގައިވާ ގޮތުން، ޔާމީންގެ އެދުމުގެ މަތިން އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ އަތުން ގުނައި ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރިކަމަށް ބުނެ ޔާމީންގެ ދިފާއުގައި ހެކިބަސް ދިނީ އަބްދުﷲ ރަޝީދު ކިޔާ މީހަކާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ. ނަމަވެސް ހެކިބަހުގައި ފުށޫއެރުންތަކާއި ދެކޮޅުނުޖެހޭ ވާހަކަ ހުރި ކަމަށް ބުނެ، އަބްދުﷲ ރަޝީދާއި ނަރީޝް ހުށަހަޅާފައި ވަނީ ދޮގު ހެކިބަސް ކަމަށް ބެލެވޭ ކަމަށް ހުކުމްގައިވެއެވެ.
ދެން ކީއްވެ ހޯމްމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަޝްރަފް ޢަލީ ކަމަށް ބެލެވޭ މީހަކު ފިރިހެނަކާއެކު ބަރަހަނާކޮށްް ހުރި ފޮޓޯ ތަހުޤީޤޫނުކުރަނީ.
ޔާމީން ސިޔާސީގޮތުން ކަށްވަޅަށް އެދަނީ ވަފާތެރިންވެސް ގޮވައިގެންބާ.