ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ އެ ކުއްޖާގެ މުނިކާފަ އެހެން ކުއްޖެއްގެ ކައިރީގައި ޖިންސީ އަމަލު ހިންގަން އެދުނު މައްސަލައެއް ސާބިތުވެ ދޮޅު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގާފައި އޮތް މައްސަލައެއްގައި ހުސްވި ހަފްތާގައި އިއްވި ހުކުމްގައި ބުނީ، އެ ކުއްޖާ މަގުމަތީގައި ކުޅެން ހުއްޓާ ފައިސާ ދޭން މަސައްކަތްކޮށް، ހަސަން ދީދީގެ ކޮޓަރިއަށް ދިއުމަށާއި އަދި ޖިންސީ މުއާމަލާތެއް ހިންގަން އެދުނެވެ.
މިހާރު އުމުރުން 82 އަަހަރު ވެފައި ވާ ހަސަންދީދީގެ މައްޗަށް 1 މަހާއި 24 ދުވަހަށް ޖަލަންލާން ހުކުމް ކުރީ ގާނޫނުލްއުގޫބާތުގެ ދަށުން، ޖިންސީ މުއާމަލާތެއް ހިންގަން އެދިފައި ވާމުންނެވެ.
މީގެ ކުރިން ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މިހާރުވެސް އޭނާ ހުރީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ބަންދު މުއްދަތު ކެނޑުމުން 22 އަހަރު ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމެއްގައެވެ.