ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް ރިޕޯޓު ކުރި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށީގައި ދިރިއުޅެމުން ދިޔަ މީހެއްގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން އިއްޔެ ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

އެ މައުލޫމާތު ލިބުމުން އެ މީހާ ދިރިއުޅެމުން ދިޔަ ގެއަށް ރޭގެ ވަގުތެއްގައި ފުލުހުން ގޮސް ބެލިއިރު އެ ގޭގެ ތެރޭގައި މަރުވެފައި އެމީހާ އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.