ގުޅީފަޅުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފު ކުރުމުގެ ތެރެއިން އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެކަށިތައް ފެނިފައި ވަނީ އެތަން ސާފު ކުރަން އުޅުމުގެ ތެރޭގައި ރޭގެ ވަގުތެގައި ކަަމަށެވެ. އެކަށިތަކާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށާއި އަދި ކުރަން ޖެހޭ ތަހުލީލުތައް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ގުޅީފަޅުގައި އަލިފާނު ހާދިސާ ހިންގި އެފްކޮންސް މުވައްޒަފުން ތިބޭ އެކޮމަޑޭޝަން ބްލޮކުން ރޭގެ ވަގުތެއްގައި އިންސާނެއްގެ ކަށިތައް ފެނިފައިވާ އިރު އަލިފާނުގެ ހާދިސާ އަށް ފަހު މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ވެސް ފެނިފައެވެ.
އެ ބައިތައް ފެނުނު އިރު އަލިފާނުގެ ހާދިސާ ހިނގި ފަހުން ވަނީ އެތަނުގައި ތިބި މީހުން ގުނި އިރު އެކަކު މަދުކަން ފާހަގަ ކުރެވިފައެވެ. އަދި އެމީހާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނުމުން ވަނީ އެ ތަކެތި ވެސް ތަހުލީލުކޮށް އެއީ ކާކުގެ ހަށިގަނޑުގެ ބައެއްތޯ ދެނެގަތުމަށް މަސައްކަތް ފަށާފައެވެ.
ގުލީފަޅުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ދެނެގަނެވިފައި ނުވާ އިރު އަދިވެސް ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.