ޔޫކްރައިން ހަނގުރާމަ ކުރިއަށް ގެންދިޔުމަށް އެންމެ ބޮޑަށް މަދަދު ދޭ އެމެރިކާއިން ޔޫކްރައިން އަށް ދިން މިސައިލްތަކުގެ ތެރެއިން ރަޝިއާއަށް ފޮނުވާލި 4 މިސައިލެއް އެގައުމުން ގޮއްވާލައިފިއެވެ.
މިއީ މި ހަނގުރާމަ ފެށިފަހުން އެމެރިކާގައި އުފައްދާފައިވާ މިސައިލެއް ގޮއްވާލި ކަމަށް ރަޝިއާއިން ބުނި ފުރަތަމަ ފަހަރެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ، މިސައިލްތައް އައީ ރަޝިއާއާ ޔޫކްރައިން ހިއްސާ ކުރާ އެގައުމުގެ ދެކުނުގެ ބޯޑަރު ސަރަހައްދުން ކަމަށާާއި 4 މިސައިލް ގޮއްވާލި ކަމަށެވެ. ރާޑަރުތަކަށް ހަމަލާ ދޭ ސްޕީޑް ބާރު މި މިސައިލްތައް ރަޝިއާއިން ގޮއްވާލި އިރު މިދިޔަ އާދީއްތަ ދުވަގު ޔޫކްރައިން އިން ދިން ހަމަލާތަކެއްގައި ދެކުނުގެ އެސަރަހައްދުގައި އާންމުން އުޅޭ ބައެއް ގެތަކަށް ގެއްލުންވެ އެކަކު މަރުވި ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެއެވެ.
ޔޫކްރައިން އިން އެމެރިކާގެ މިސައިލް ބޭނުން ކޮށްގެން މި ހަމަލާތައް އަމާޒު ކުރި ބެލްގޮރޮޑް ސަރަހައްދަކީ، އާންމުންވެސް ގިނަ އަދަދަކަށް ދިއިރުޅޭ އަސްކަރީި ހަރަކާތްތައް މަދު ސަރަހައްދެކެވެ.
ޔޫކްރައިން އިން އެމެރިކާގެ އެޑްވާންސް ހަތިޔާރު ބޭނުން ކުރަން ފަށާފައި ވާ އިރު، އެހެން ގައުމުތަކުގެ ހަތިޔާރުން ރަޝިއާގެ ފަސްގަނޑަށް ހަމަލާ ދޭނަމަ އެގައުމުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ރަޝިއާއިން ބުނެފައި ވެއެވެ. ނަމަވެސް އެމެރިކާގެ މި ސައިލްތަކާ ގުޅިގެން ރަޝިއާއިން އިތުރު ވާހަކައެއް އަދި ދައްކާފައެއް ނުވެއެވެ.
ރަޝިއާ އިން ޔޫކްރައިން އަށް އެރިފަހުން އަހަރުވާން ދާ އިރު، ޔޫކަރައިން އޮތީ އަދި ދޫދޭގޮތަކަށް ނޫނެވެ. އަދި ރަޝިއާވެސް އެމަގަށް މަސައްކަތެއް ނުކުރެއެވެ. މިހާރު ޔޫކްރައިން އިން ބޭނުންވަނީ އެމެރިކާގެ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމެވެ. ޔޫކްރައިން އެއާފޯސްގެ ތަރުޖަމާނަކު ވިދާޅުވީ، އެމެރިކާގެ އެ މިސައިލް ޑިފެންސް ސިސްޓަމާއި ބޮން އަޅާ ބޯޓުތައް ލިބިއްޖެ ނަމަ، ރަޝިއާގެ ހަމަލާތައް ނާކާމިޔާބު ކޮށްލަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.
ތަރުޖަމާން ޔޫރީ އިހްނާތް ވިދާޅުވީ، އެމެރިކާގެ އެފް15 އާއި އެފް16 ގެ ބޮން އަޅާ ބޯޓުތަކާއި މިސައިލްތައް ވައްޓާލައި ނުވަތަ ވައިގެ ތެރޭގައި ގޮއްވާލަން އެމެރިކާގައި ބޭނުން ކުރާ އެންމެ އެޑްވާންސް މިސައިލް ޑިފެންސް ސިސްޓަމް މިހާރުން މިހާރަށް ބޭނުން ވާ ކަމަށެވެ. މި މޭރުމުން ޔޫކްރައިން އިން ވާހަކަ ދައްކާފައި ވާއިރު، ސީއެންއެންގެ އެކްސްކްލޫސިވް ރިޕޯޓެއް ބުނާ ގޮތުން، އެ މިސައިލް ސިސްޓަމް ޔޫކްރައިން އަށް ފޮނުވަން އެމެރިކާއިން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. ހަބަރުތައް ބުނާ ގޮތުން މާ ދުރުން މިސައިލް ވައްޓާލުމުގެ ގާބިލުކަން އެ ސިސްޓަމަށް ލިބިފައި ވުމުގެ އިތުރުން، އެ ނިޒާމު ޔޫކްރައިންގައި ގާއިމު ކުރުމުން ނޭޓޯގެ އެއާސްޕޭސްގެ ރައްކާތެރިކަންވެސް އިތުރަށް ކަށަވަރު ކުރެވޭނެއެވެ.
ޔޫކްރައިން އިން ޒަމާނީ ހަތިރާރު ހޯދާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަމުން ދާ އިރު، ރަޝިއާއިން މިހާރުވެސް ގެންދަނީ ޔޫކްރައިންގެ ތެރެއަށް ޑްރޯންއިންވެސް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި ޔޫކްރައިންގެ ވެރިރަށް ކީވް އާއި ބޮޑެތި ގިނަ ސިޓީތަކުގެ ކަރަންޓް ނެތްވޯކްތައް ހަލާކުވެ ފެނުގެ ނިޒާމުތައް ހަލާކުވެ ބަޑުބައެއް ކަނޑުއަނދިރީގައި ތިބި ކަމަށް ހަބަރުތައް ބުނެއެވެ.