ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 4 މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުފަހު 1 ޖަހާ ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވިއިރު އޭގެ ތެރޭގައި ހިމެނެނީ 3 ފިރިހެނަކާއި އަންހެނަކު ކަަމަށާއި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި 23 އަހަރުގެ އަންހެން މީހާ އަކީ ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށާއި އަނެއް ސައިކަލު ދުއްވި ފިރިހެން މީހާގެ ސައިކަލު ދުއްވުމުގެ ލައިސެންސް އޮތް ކަމަށެވެ.

ފުލުހުން މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންދާއިރު މިއަދު ބްރިޖް މަތިން ހިނގި އެކްސިޑެންޓުގައި އަނިޔާވި 54 އަހަރުގެ ފިރިހެން މީހާ ވަނީ މަރުވެފައެވެ.