2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އީސީއިން ފުލުހުންނާއި އެމްއެންޑީއެފްއާ ބައްދަލުކޮށްފިއެވެ.

އީސީއިިން މިއަދު ރިޔާސީ އިންތިހާބު 2023 އަށް ތައްޔާރުވުމުގެ ގޮތުގެ ފުރިހަމަކުރަން ޖެހޭ ބައެއް އިންތިޒާމުތަކާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާކު ވަނީ މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ. އެ ބައްދަލުވުމުގެ ޑިފެންސް މިނިސްޓްރީގެ އިސްވެރިވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ބައެއް މަސައްކަތްތަކާއި ގުޅިގެންނާއި ރިޔާސީ އިންތިހާބު 2023 ގެ ސެކިއުރިޓީއާ ގުޅުން ހުރި ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއެކު ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން އަދި އެމްއެންޕީއިން ޕްރައިމަރީ އަކަށް ފަހު ކެނޑިޑޭޓެއް ނެރުމަށް ހަމަޖެހިފައި ވާއިރު އިދިކޮޅު ކޯލިޝަނުން ނެރުމަށް ހަމަޖެހިފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އަދި އެމްޑީއޭއިން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ.