މިދިޔަ ހޮނިހިރު ދުވަހު މެންދުރު މަރާލައިފާ އޮއްވާ ފެނުނު ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ފިރިމީހާ ދަންޖެހުން އުޅެނިކޮށް ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ، ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަން ޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 11:15 ހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. މިހާރު ފައިސަލަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރްސީއެމް އަދި އެންއައިސީ އަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށެވެ.
ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ ފައިސަލް ހޮނިހިރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވާއިރު، ފައިސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ.
ނިޝާމާ މަރުވި އިރު، އެ ދެމަފިރިންގެ ކުޑަ ތިން ކުދިން ތިއްބެވެ.
ނ
މިއީ ރަސޫލު ޒަމާނެއް ނޫން
އަމިއްލައަށް މަރުވީމާ މަރުވާ ވާހަކަ ދައްކަނީ... ހަޤީޤަތަކީ ދިވެހިރާއްޖޭގައި މީހަކު ކުށެއްގެ ތުހުމަތަށް ބަންދުކުރެވޭއިރަށް އެމީހަކީ ކުށްވެރިއަކަށް ހަދާ... ދެން ހެޔޮ އެމީހަކު އަސްލު އެކަން ނުކޮށް އޮވެގެން ޝަރީއަތުން ސަލާމަތްވިއަސް އެމީހަކަށް ސަލާމަތެއް ނެތް. ފާޑުފާޑުގެ މީމްސް އާއި ޕޯސްޓުހަދާ އެމީހަކަށް ގަނާކުރުމުގައި މުޅި ހަތަރުދަން ދުއްވާލަނީ... މިސާލަކަށް އަލަމްގިރި މައްސަލަ... އޭނާ އެވަނީ އޭނާގެ ކުށަށް އިއުތިރާފްވެ އަދަބު ލިބިގަނެ ތައުބާވެ މާފަށް އެދިފައި. އޭނާގެ ކުށަކީ މާތްﷲ އާއި އޭނާއާ ދެމެދު އޮތް ކުށެއް. އޭނާގެ ތައުބާ ޤަބޫލުކުރަައްވާނީ އެކަލާންގެ. ނަމަވެސް އަދިވެސް އެމައްސައިގައި އޭނާޔާ އެކަމުގައި އުޅުނު އެންމެން ހަވަރަށް ދިނުމެއް ނުހުއްޓާ. ދެން އޭނާ ދަންޖެހި މަރުވާއިިރަށް ކިޔަންފަށާނެ ކުފުރުމަރެކޭ. ޢޭނޫންގޮތެއް ނުދެއްކީމާ ވާނީ އެެހެން.
ތައުބާ ވީމާ އެކަން ނިމުނީތޯ ރަސޫލާގެ ޒަމާނުގައިވެސް މަށްސަލައެއް ހިނގުމުން އެ މަށްސަލައެއް ހުރީ ބައްލަވާފަ އެ މަށްސަލައެއްގެ އަދަބުވެސް ދެއްވާފަ އެއީ ނަމޫނާއަކީ