ޔޫރަޕިއަން ޔޫނިއަންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް ގަތަރުން އެގައުގެ ބަޔަކަށް މާލީ އެހީ ދިން ކަމުގެ ތުހުމަތުގައި 4 މީހަކަށް ދައުވާ އުފުލައިފިއެވެ. އެ 4 މީހުންނަކީ ކޮން ބައެއްކަން ހާމަ ނުކޮށް ޔޫރަޕްގެ ކޯޓުން ބުނީ، ގަތަރުން މާލީ އެހީ ދިން ކަމުގެ ތުހުމަތުގައި 6 މީހަކު ހައްޔަރު ކުރި ކަމަށާާއި 4 މީހެއްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ވާ ކަމަށެވެ. އަދި ގަތަރުން މާލީ އެހީދޭ ކަމަށް ޝައްކު ކުރެވިގެން އޮޕަރޭޝަނެއް ހިންގާތާ މަސްތަކެއް ވެއްޖެ ކަމަށާއި 16 ގެއެއް ބަލައި ފާސްކޮށް 631،800 އެމެރިކާ ޑޮލަރު އަތުލާފައި ވާކަމަށް ވެސް ބުެނެއެވެެ.

މި 4 މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މަނީ ލޯންޑާ ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ކުށުގައެވެ.

މިކަމާ ގުޅިގެން ގަތަރުން ބުނީ، އެ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށާއި އަހުލާގީ ގޮތުން އެފަދަ ދަށުދަރަޖައިގެ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"ގަތަރުން މަސައްކަތް ކުރަނީ ދެގައުމުގެ ދެމެދުގައި އިދާރާ އާއި އިދާރާ އާ، ވަކިވަކި ފަރުދުންނާ ކުރާ މުއާމަލާތެއް ނުހުންނާނެ، އަދި ހުރިހާ މުއާމަލާތެއްވެސް ކުރަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް"
ގަތަރުގެ އިދާރާ

އީޔޫގެ ފޮރިން އެފެއާޒް ޗީފް ޖޯސެފް ބޮރެލް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި އެ ތަހުގީގުގައި އީޔޫގެ ޑިޕްލޮމެޓިކް ސާވިސްގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. މި މައްސަލައިގައި އީޔޫގެ ގާނޫނު ހަދާ މަޖިލީހުން ބުނީ، އެ މަޖިލީހުގެ އެއް ނައިބުރައީސް ކަމަށް ވާ އީވާ ކައިލީގެ ބައެއް ބާރުތައް ކުޑަކޮށްފައި ވާ ކަަމަށެވެ. މިއާއެކު އޭނާ ނިސްބަތްވާ ޕާޓީ ޕެސޯކު ޕާޓީން ބުނީ ކައިލީ މަގާމުން ވަކިކޮށްފައި ވާ ކަމަށެވެ.

ލޯޔަރުން ބަލައި ފާސްކުރި ދެވަނަ ގެއެއްގެ ގޮތުގައި ހިމެނެނީ ބެލްޖިއަން ސޯޝަލިސްޓް ޕާޓީގެ މެންބަރު މާކް ތަރަބެއްލާގެ ގެއެވެ. އެ ގެއިން ކޮމްޕިުޓަރަކާއި މޮބައިލް ފޯނެއް ގެންދިޔަ ކަމަށް ހަބަރުތައް ބުނެއެވެ.