މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން Boeing 777-ER300 މަރުކާގެ ބޯޓް އޮޕަރޭޓް ކުރެވޭ ވަރަށް ރަންވޭ ބޮޑުކުރުމާއި، ރަންވޭ އިތުރު 650 މީޓަރ ދިގުކުރުމަށާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިންހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ.

މީގެ އިތުރުން މިހާރު ބޭނުން ކުރެވޭ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކުރުމުގެ އިތުރުން ޓެކްސީވޭ ފުޅާ ކުރުމާއި، AGL އަޕްގްރޭޑް ކުރުން އަދި ޕަވާ ސިސްޓަމް އަޕްގްރޭޑް ކުރުން ވެސް މިމަޝްރޫއުގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއަށް އަބޫދާބީ ފަންޑުން 27.1 މިލިއަން ޑޮލަރު އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 25.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެއީ ޖުމްލަ 443 މިލިއަން ރުފިޔާއެވެ.

މާފަރު އެއާޕޯޓް ފޭސް 2 އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.